"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ފުރަތަަމަ މި އެޕް ތަޢާރަފް ކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިޚިދުމަތް ހޯދޭނެ އިންތިޒާމު މިވަނީ ހަމަޖައްސަވާފައެވެ.
The Malé Taxi Line App is now available on Google Play! 📱🚖
— MTCC Plc (@MTCCPlc) June 4, 2026
Book safe, reliable and environmentally friendly electric taxis across the Greater Malé Region with just a few taps.
📲 Download the app today:https://t.co/fk9I4scrF1
The app is now available on both Google Play and… pic.twitter.com/tjLyXBHumY
މި އެޕްލިކޭޝަނަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ. އެމްޓީސީސީން ވިދާޅުވީ މި އެޕްލިކޭޝަން މެދުވެރިކޮށް ރައްޔިތުން ނަށް ފަސޭހަ ކަމާއެކު ޓެކްސީގެ ޚިދުމަތަށް މިހާރު އެދިލެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިންނެވެ. އަދި ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެއެވެ. އަދި ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
ގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ ބޭނުމަކީ ރައްކާތެރި، އިތުބާރު ހުރި އަދި ތިމާވެށްޓަށް ގެއްލުން ކުޑަ ދަތުރުފަތުރުގެ ނިޒާމެއް މާލެ ސަރަހައްދުގައި ގާއިމުކުރުމެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.