ޚަބަރު

މުޅި ދުނިޔޭގައި ޔަހޫދީންނާއި ނަތަންޔާހޫއަށް ނަފުރަތު އިތުރުވަނީ


ޔަހޫދީ ދައުލަތާއި ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އޮތް ނުރުހުމާއި ނަފުރަތު އެތައް ގުނައަކަށް އިތުރުވެ، ދުނިޔޭގެ ސާފު އަޣުލަބިއްޔަތަކުން އެ މީހުން ބާކީކޮށްފައިވާ ކަން ދިރާސާއަކުން ހާމަވެއްޖެއެވެ. ހުޅަނގު އޭޝިޔާގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ހިިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ އިސް މޭސްތިރި، ނަތަންޔާހޫއާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނަފުރަތު އިތުރުވެފައިވާ ކަން ހާމަވެފައި ވަނީ ޕިޔު ރިސަރޗް ސެންޓަރުން ޢާންމުކޮށްފައިވާ ދިރާސާއަކުންނެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ފަހަތުގައި ތިބީ ވެސް ޔަހޫދީންނާއި ނަތަންޔާހޫއެވެ.

އެ ދިރާސާގެ ނަތީޖާއިން ފެންނަ ގޮތުގައި، ދުނިޔޭގެ 36 ޤައުމެއްގެ ބޮޑު އަޣުލަބިއްޔަތަކުން ޔަހޫދީންނާ މެދު ދެކެނީ ނުހަނު ނޭދެވޭ ގޮތަކަށެވެ. އަދި، އެ މީހުންނަށް އޮތް ނުރުހުމާއި ނަފުރަތު އެތައް ގުނައަކަށް އިތުރުވެފައިވާއިރު، ނަތަންޔާހޫގެ ނިންމުންތަކަށް އެއްވެސް އިތުބާރެއް ނެތް ކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. ޕިޔުގެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ފެބުރުވަރީ 28 އިން މޭ 13 އަށެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %67 މީހުން ބުނެފައި ވަނީ، އެ މީހުން ޔަހޫދީންނާ މެދު ނުރުހުންވާ ކަމުގައެވެ. ޔަހޫދީންނަށް އެއްވެސް މިންވަރަކަށް ތާޢީދުކުރާ ކަމަށް އެއްބަސްވެފައި ވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %25 މީހުންނެވެ.

ޔަހޫދީންނާއި އެ މީހުންގެ އަނިޔާވެރި ބޮޑުވަޒީރަށް ނަފުރަތުކުރާ އެންމެ ގިނަ އަދަދެއްގެ ބަޔަކު ތިބީ މުސްލިމް ޤައުމުތަކާއި މުސްލިމުންގެ އާބާދީ ބޮޑު ޤައުމުތަކުގައެވެ. އަދި، އެ ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ޔަހޫދީންނަށް އޮތް ނަފުރަތު ފަހަކަށް އައިސް އެތައް ގުނައަކަށް އިތުރުވެފައިވާ ކަން ދިރާސާގެ ނަތީޖާއިން ހާމަވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑޮނޭޝިޔާ، މެލޭޝިޔާ، ޕާކިސްތާން، ތުރުކީވިލާތް އަދި ޔަހޫދީން އަތްގަދަކޮށް އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގެ ރައްޔިތުން ހިމެނެއެވެ.

ދިރާސާގެ ބައިވެރިން ބުނެފައި ވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ޔަހޫދީ ނަތަންޔާހޫ ރަނގަޅު މަގު އިޚުތިޔާރުކުރާނެ ކަމުގެ އެއްވެސް އިތުބާރެއް ނެތް ކަމުގައެވެ. ޔަހޫދީންނާއި ހައްދުފަހަނައެޅި ނަތަންޔާހޫއަށް ތާޢީދު އޮތް ކަން ހާމަކޮށްފައި ވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ ދެ ޤައުމެއްގެ ރައްޔިތުންނެވެ. އެއީ، ކެންޔާއާއި ފިލިޕީންސްގެ ރައްޔިތުންނެވެ. ޕިޔުގެ ދިރާސާއިން ހާމަވީ، 2025 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހާމަވާން އޮތް ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 24 ޤައުމެއްގެ ތެރެއިން 13 ޤައުމެއްގެ ރައްޔިތުންގެ މެދުގައި ޔަހޫދީންނަށް އޮތް ނަފުރަތާއި ނުރުހުން އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަން ފާހަގަކުރެވޭ ކަމުގައެވެ.