ކުޅިވަރު

ބެޑްމިންޓަން ޝަޓްލް ޓައިމް ރީޖަނަލް ޓިއުޓަރ ކޯސް ނިމިއްޖެ.


ބެޑްމިންޓަން ޝަޓްލް ޓައިމް ރީޖަނަލް ޓިއުޓަރ ކޯސް ނިންމާލައިފިއެވެ. އިއްޔަ ނިމިގެންމިދިޔަ ކޯސްއަކީ ބެޑްމިންޓަން ކޯޗުން ތަމްރީން ކުރާ ސަރަހައްދީ ބޮޑު ކޯހެވެ.

 މިކޯހަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ކޯހެއްކަމަށާ މިކޯހަކީ މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންއާ ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ކޯހެއްކަމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުުލުމާތުދިނެވެ. 3 ގައުމަކުން ޖުމްލަ 13 ފަރާތުން މިކޯހުގައިވަނީ ބައިވެރިވެފައެވެ. މިކޯހުގައި ބައިވެރިވެފައިވަނީ ރާއްޖެ، ސްރީލަންކާ އިން ކޮންމެ ގައުމަކުން 5 ކޯޗުންނާ ބޫޓާންގެ 3 ކޯޗުންނެވެ. އަދި ކޯހުގައި ކިޔަވައިދީފައިވަނީ ފިލިޕީންސްއާ ބުރުނާއިގެ 2 ތަޖުރިބާކާރުންްކަމަށްވެސް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.

 ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް މައުލުމާތުދިން ގޮތުގައި ބެޑްމިންޓަންގެ އެކި ދައިރާތަކަށް މިކޯހުގެ ސަބަބުން ފައިދާ ކުރާނެކަމަށާ ޝަޓްލް ޓައިމް ހަރަކާތްތައް ހިންގަން އިތުރަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ރާއްޖޭގައި މިފަދަ އިތުރު ކޯސްތަށްތަކާ އެހެން ކޯސްތަށް ހިންގުމުގައި މިކޯހުގައި ބައިވެރިވާ ކޯޗުންގެ އެހީތެރިން ވަރަށް ބޮޑަށް ލިބިގެންދާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ.