ޚަބަރު

ހާލަންޑްގެ 2 ލަނޑާއެކު ނޯވޭއަށް ފުރަތަމަ މޮޅު


  • ނޯވޭ 4 - 1 އިރާޤް

  • ހާލަންޑް 2 ލަނޑު 1 އެެސިސްޓް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އައިގައި ނޯވޭ އާއި އިރާޤް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ނޯވޭ ފްރާންސް ހިމެނޭ ގްރޫޕްގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.

މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ނޯވޭ އާއި އިރާޤް ބައްދަލުކުރި މެޗު ނޯވޭ ކާމިޔާބުކުރީ 4-1 އިންނެވެ.

މިމެޗުގައި ނޯވޭގެ ފުރަތަމަ 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޯލްޑް ކަޕް ކޮލިފައިންގައިވެސް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދި މަޝްހޫރު ފޯވާޑް އާލިންގ ބްރައުޓް ހާލަންޑެވެ.

މެޗުގައި ފުރަތަމަ ހާފްގައި ވޯނޭ ލީޑު ނެގުމާއެކު އިރާޤުން ވަނީ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އިރާޤަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އައިމަން ހުސެއިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެހެންނަމަވެސް އޭގެ 4 މިނެޓު ފަހުން ހާލަންޑް ވަނީ ދެވަނަ ފަހަރަށް ނޯވޭއަށް ލީޑު ނަގާދީފައެވެ. ދެވަނަ ހާފްގައި ނޯވޭގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ބަދަލުކުޅުންތެރިއަކަށް ނިކުތް ޑިފެންޑަރު ލިއޯ އޮސްޓިގާޑެވެ. އަދި ނޯވޭގެ 4 ވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތުގައި އިރާޤް ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.

28 އަހަރުގެ މެދު ކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު ނޯވޭ ޓީމަކީ ގިނަ ތަރިންތަކެއް ހިމެނޭ މޮޅު ޓީމެކެވެ.

40 އަހަރުގެ މެދުކެނޑުމަކަށް ފަހު މިފަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި އިރާޤް ޓީމަކީ މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ފަހުން ކޮލިފައިވި ޓީމެވެ.