ޚަބަރު

ވަޒީފާގައި އުޅޭނެ ގޮތުގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ފޮތެއް ނެރެފި


އަލަށް ވަޒީފާއަށް ނިކުންނަ ކުދިންނަށް ޚާއްސަކޮށްގެން، ވަޒީފާގައި އުޅޭނެ ގޮތުގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ފޮތެއް މިއަދު ނެރެފިއެވެ.

މިފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮތް ލިޔުއްވި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޗީފް އަލީ ޚާލިދު ވިދާޅުވީ، މި ފޮތް ލިޔުއްވުމުގެ މައިގަނޑު މަޤްސަދަކީ އަލަށް ވަޒީފާއަށް ނިކުންނަ ކުދިންނަށް ވަޒީފާ ހޯދުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް އެހީއެއް ވެދިނުމުގެ ގޮތުން ލިޔުއްވި ފޮތެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ގައިޑެއްގެ ގޮތުގައި މިފޮތް ބޭނުން ކުރެވޭނެ ކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14764591821009.jpg|ޢަލީ ޚާލިދު ލިޔުއްވި "ވަޒީފާއަށް ނުކުންނައިރު" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ފޮތުގައި ވަޒީފާގައި ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރުކުރާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ވަޒީފާގެ މާހައުލުގައި ކަންކުރާނެ ގޮތުގެ މަޢުލޫމާތު އެކުލެވިފައިވާ ކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ. މިއަދުން ފެށިގެން މި ފޮތް ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ.