ކުޅިވަރު

ބީޖީ ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަންއަށް ރެލިގޭޓް ވެއްޖެ


ބީޖީ ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަންއަށް ރެލިގޭޓްވެއްޖެއެވެ. ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުންއަންނަ ބީޖީ ސްޕޯޓްސް ކުލަބް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ އުރީދޫ ދިވެހިޕްރިމިއާރ ލީގްގައި ރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކުރި މެޗް އެއްވަރުވުމާގުޅިގެންނެވެ.

 ލީގުގައި ބީޖީއަށް ބާކީ އެއް މެޗް އޮއްވާ އެޓީމް ދެވަނަ ޑިވިޝަންއަށްރެލިގޭޓްވީ ތާވަލްގެ ހަތްވަނާގައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބްއާ ޕޮއިންޓްގެ ގޮތުންއަރާ ހަމަކުރެވޭނެ ގޮތް ނުވުމުންނެވެ. މިދިޔަ އަހަރުން ފެށިގެން ލީގަށް ގެނެވުނު ބަދަލާއެކުލީގްގެ އެންމެ ފުލަށް ދާޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ، އަދި ލީގުގެ ހަތްވަނައަށް ދާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޓީމާއެކު ޕްލޭއޮފް މެޗެއްކުޅޭށެވެ.  ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ނިއުރޭޑިއެންޓުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދުއެވެ. ދެވަނަ ހާފްގައި ނިއުގެމުހައްމަދު މުސްލިހުއަށްވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާދަނޑުންފޮނުވާލާފައެވެ. ބީޖީއިން ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމްގެބިދޭސީ ކުޅުންތެރިޔާ ޑެނިއަލް ފިލޮމެންއެވެ. 

މިމެޗް އެއްވަރުވުމުން ލިބުނު އެއްޕޮއިންޓާއެކު ނިއުވަނީ ވެލެންސިޔާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަކޮށްފައެވެ. ދެޓީމަށްވެސް 20 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުންތާވަލްގެ ކުރި ލިބެނީ ވެލެންސިޔާއަށެވެ.