ޚަބަރު

ޕީއެންސީ އިންތިޚާބުގައި މާރާމާރީ ހިންގި އިތުރު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް

  • މައްސަލާގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފައިވޭ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީގައި ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ، މާރާމާރީ ހިންގާފައިވާ މައްސަލައެއްގައި އިއްޔެވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 23 އަހަރާއި، 24 އަހަރުގެ 2 ދިވެހިންނެވެ.

މި މައްސަލާއާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހުން ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބަލަމުން ދަނީ، ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެކެވެ. މި މައްސަލަ ފުލުހުން ދަނީ، ތަޙުޤީޤު ކުރަމުންނެވެ.