މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
61ވަނަ މިނިވަންދުވަހާއި ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީނަމަވެސް، އެ ދުވަސްތަކުގައި ޚިދުމަތްދޭނެކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ. މިއަދު ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ 08:30އިން 17:00އަށެވެ. މާދަމާ ޕާސްޕޯޓާއި ހަވާލުވާން ނަމްބަރު ދޫކުރާނީ 08:30އިން ފެށިގެން 16:00އާއި ހަމައަށެވެ.
މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުންނާއި އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. pic.twitter.com/skcFaeOnLx
— Maldives Immigration (@ImmigrationMV) July 25, 2026
ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަމްބަރު ނަގައިގެންނެވެ. މީގެއިތުރުން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމުގާ ޕޯޓަލްމެދުވެރިކޮށް 24ގަޑިއިރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިނިވަން ދުވަސް އަދި މިނިވަން ދުވަހާއި ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުގެ އިތުރުން އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.