ޚަބަރު

ޑިއޮމަންޑޭ ރެއާލްއަށް ދިއުމަކީ އާސެނަލްއަށް ރަނގަޅު ފާލެއް


ޔަން ޑިއޮމާންޑޭ ރެއާލް މެޑްރިޑާ ގުޅުމަށް ހުރިހާ ކަމެއް ވަނީ ނިމިފައެވެ. ޖަރުމަނުގެ ލައިޕްޒިގަށް 100 މިލިއަން ޔޫރޯއަށް ވުރެ ބޮޑު ފީއެއް ދެއްކުމަށްފަހު، ސްޕެއިންގެ ގަދަބާރުން ވަނީ އައިވަރީ ކޯސްޓުގެ މި ކުޅަދާނަ ތަރި ހޯދުމުގެ އެއްބަސްވުން ފައިނަލް ކޮށްފައެވެ.

މި ބަދަލާއެކު، ވިނީޝިއަސް ޖޫނިއާގެ މުސްތަގުބަލާ މެދު ސުވާލު އުފެދި، ކުލަބުގެ ކުރިއަށް އޮތް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ޑިއޮމާންޑޭއަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކުލަބުން ވަނީ އިބްރާހިމާ ކޮނާޓޭ، ޑެންޒެލް ޑަމްފްރީސް، ބާނާޑޯ ސިލްވާ އަދި މާކް ކުކުރެޔާ ގެނެސްފައެވެ. މިއީ އާ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް އެ ކުލަބުން ކުރިއަށްގެންދާ އުންމީދީ މަޝްރޫއުގެ ބައެކެވެ.

ޑިއޮމާންޑޭ އާއެކު ރެއާލް މެޑްރިޑަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާއިރު، މީގެ އެންމެ ބޮޑު އަސަރެއް ކުރާނީ ވިނީޝިއަސް ޖޫނިއާ އަށެވެ.

ވިނީޝިއަސްގެ ކޮންޓްރެކްޓް އާކުރުމުގެ މައްސަލަ އަދިވެސް ވަނީ ހައްލެއް ނުލިބި ހުއްޓިފައެވެ. އެހެންކަމުން، އައިވަރީ ކޯސްޓުގެ މި ކުޅުންތެރިޔާ ގެނައުމަކީ ވިނީޝިއަސް އާކޮންޓްރެކްޓެއްގައި ސޮއިނުކޮށްފިނަމަ ނުވަތަ މި ސީޒަނުގައި ކުލަބު ދޫކޮށްލަން ނިންމައިފިނަމަ، އޭނާގެ ބަދަލުގައި ބޭނުންކުރާނެ މަތީ ފެންވަރުގެ ކުޅުންތެރިއަކު ހޯދުމަށް ކުލަބުން އެޅި ދުރުރާސްތާ ފިޔަވަޅެކެވެ.

މި ނިންމުމުގެ ސަބަބުން، ވިނީޝިއަސް ކުލަބު ދޫކޮށްލި ނަމަވެސް، ޓްރާންސްފާ މާކެޓުގައި އެހެން ކުލަބުތަކުން ކުރިމަތިކޮށްފާނެ މާލީ ފިއްތުންތަކުން ރެއާލް މެޑްރިޑް ސަލާމަތްވާނެއެވެ.

އާސެނަލްއިން ވިނީޝިއަސް ހޯދުމަށް ޝައުގުވެރިވާ ވާހަކައަކީ ހަމައެކަނި އަޑުތަކެއް ނޫނެވެ. މިއާއެކު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ވިނީޝިއަސް ކުލަބު ދޫކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑަށް ހުޅުވިފައެވެ.

އާސެނަލްއިން ވިނީ ހޯދުމަށް މަސައްކަތް ކުރަމުންދަނީ އެޓީމުގައި މިހާރު މަދުވާ ހަމައެކަނި މަގާމް ވިނީޝިއަސް ފުރާދޭނެތީއެވެ. އަދި މިއާއެކު ޓީމުގެ ވާތުފަޅިން އެޓޭކު ކުރާނެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ހޯދުމަށް އާސެނަލް އިން ފާއިތުވި 2 އަހަރު ކުރަމުންދިޔަ މަސައްކަތައް ނިމުމެއް އަންނާނެއެވެ.