މިރެއާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ވައިގަދަވުމާއިއެކު ބޯކޮށް ވާރޭވެހިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިރާދާރިން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާއި ހަމައަށް އެންމެ ގިނަ އަދަދަކަށް 84 މިލިމީޓަރުގެ ވާރޭ ހުޅުމާލެއަށާއި ބ. ދަރަވަންދޫއަށެވެ. އަދި އިއްޔެ މެންދަމު 12:00 އިން ރޭމެންދަމު 12:00 އާއި ހަމައަށް އާންމުވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 17 މޭލު ބާރުމިނަށް ކުޅުދުއްފުށި ސިޓީ، ނ.މާފަރު އަދި ހުޅުލެއަށެވެ. ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ގަޑިއަކު 46 މޭލު ބާރުމިނަށް ލ. ކައްދޫއަށްކަމަށް މެޓް އޮފީހުގެ ރިކޯޑްތަކުން ދައްކައެވެ.
Severe weather is prevailing over the Maldives pic.twitter.com/D9qSqPE1x9
— Maldives Meteorology (@MetMaldives) July 31, 2026
މި ވިއްސާރައިގައި މިރެއާއި މާދަމާވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައިގަދަވުމުގެ ފުރުސަތު އޮތްކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ވައި ގަދަކަމަށް މެޓް އޮފީހުން ފާހަގަކުރައްވައެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ 20 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.