މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކުރައްވާފައިމިވަނީ، މެޓް އޮފީހުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާފައިވާތީ އެކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ފުލުހުން ވަނީ، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލު ކުރުމުގެ އިތުރުން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.
Heavy rain, thunderstorms, strong winds of 19–24 mph with gusts reaching 50 mph, and rough seas are expected from Noonu Atoll to Vaavu Atoll, between 14:30 and 19:00 hrs today, 1 August 2026.
— Maldives Police (@PoliceMv) August 1, 2026
The public, particularly those travelling by sea, are advised to exercise caution,… https://t.co/9lFYhsGAkx
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ، ނ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު 14:30 އިން ފެށިގެން 19:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ގަޑިތަކުގައި އާންމުކޮށް ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރަކީ، ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކުންވެސް ކަމާބެހޭ އިދާރާތަކުން ނެރޭ މޫސުމީ ސަމާލުތަކަށް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.