ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް ސިންސިނާޓީ އޯޕަން އިން ވަކިވެއްޖެ


  • []

ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް މި ފަހަރުގެ މުބާރާތުން ވަކިވެއްޖެއެވެ.

ސްޕެއިން އަށް އުފަން އުމުރުން 23 އަހަރުގެ އަލްކަރާޒް މި ފަހަރުގެ މުބާރާތުން ވަކިވެފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. މިދިޔަ އެޕްރިލް މަހު އޮތް ބާސެލޯނާ އޯޕަން ޓެނިސް މުބާރާތުންވެސް ވަކިވެފައިވާ އަލްކަރާޒް އަށް އަދިވަނީ އަނިޔާއިން އެއްކޮށް ރަގަޅުވެ ވާދަވެރި މުބާރާތެއްގައި ވާދަކުރެވޭގޮތް ނުވެފައެވެ.

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ދިފާއުކުރަން އެންމެ ފަހުން ނިކުތް އަލްކަރާޒް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ވަނީ އެންމެ ފަހުގެ ވިމްބަލްޑަން ޓެނިސް މުބާރާތްވެސް ގެއްލިފައެވެ.

ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި މިވަގުތު ހުރި އަލްކަރާޒް ވަނީ މިދިޔަ އަހަރު އޮތް ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ ބަލިކޮށް އޭނާ ވަނީ ހޯދާފައެވެ.

މި އަހަރުގެ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތް ކުރިއަށްދާނީ އޮގަސްޓް 13 އިން 23 ގެ ނިޔަލަށެވެ.