ޚަބަރު

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި


  • ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، މި ޕާކު ތަރައްޤީކުރީ އާރުޑީސީން

  • މަޝްރޫއު ހަވާލުކޮށްފައިވަނީ 2025 މާރޗް 29ވަނަ ދުވަހު

ނ. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމްއާއި އާރު.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.

މި ޕާކަކީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 29ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އާރުޑީސީން ވަނީ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޕާކްސެޓްތައް ސަޕްލައިކޮށް އިންސްޓޯލްކޮށްފައެވެ. އަދި ޕާކްގެ ލޭންޑްސްކޭޕިންގ މަސައްކަތްތައްވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.