ޚަބަރު

ރޮނަލްޑް އަރައުޚޯ ލިވަޕޫލަށް ބަދަލުވަނީ


  • ބާސާއިން އަރައުޚޯ ދޫކޮށްލަނީ ލޯނު އެއްބަސްވުމެއްގެ ދަށުން

ބާސެލޯނާގެ އުގުރުގޭ ޑިފެންޑަރ ރޮނާލްޑް އަރައުޚޯ ލިވަޕޫލަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ.

ފާއިތުވި ސީޒަންގައި ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސެންޓްރަލް ޑިފެންޑަރ ލިވަޕޫލަށް ބަދަލުވަނީ ސީޒަންގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ބޭނުންނަމަ ސީޒަން ނިމުމުން އަރައުޚޯ ގަތުމުގެ ފުރުޞަތު ލިވަޕޫލަށް ލިބޭކަމަށް ރިޕޯރޓްތައް ބުނެއެވެ. މިހަފްތާ ބަންދުގައި އަރައުޚޯ ލިވަޕޫލް ސްކޮޑާ ގުޅޭނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

27 އަހަރުގެ ޑިފެންޑަރ ވަނީ ފާއިތުވި ހަތަރު ސީޒަންގެ ތެރެއިން ތިން ސީޒަންގައި ބާސާއާއެކު ލަލީގާ ހޯދާފައެވެ. އެކަމަކު މިސިޔަ ސީޒަންގެ ލީގުގައި ކުޅެން ފުރުޞަތު ލިބުނީ 11 މެޗުގައެވެ. ސްޕެއިންގެ ޒުވާން ތަރި ޕައު ކުބާސީ އާއި ޖެރާޑް މާޓިންގެ ސަބަބުން ކުޅުމުގެ ފުރުޞަތު އަރައުޚޯ އަށް ވަނީ މަދުވެފައެވެ.

2018 ވަނަ އަހަރޔ އަރައުޚޯ އުރުގުއޭގެ ކްލަބަކުން ބާސެލޯނާއާ ގުޅުމަށްފަހު އެކްލަބަށް 200 އަށްވުރެ ގިނަ މެޗު ވަނީ ކުޅެދީފއެވެ. ލިވަޕޫލުން ޑިފެންޑަރެއް ހޯދަނީ އިބްރާހީމް ކޮނާޓޭ އެކްލަބް ދޫކޮށް، ރެއާލް މެޑްރިޑަށް ބަދަލުވުމުންނެވެ. އޭނާ ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.