ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫއިން ހޯދައިފިއެވެ.
އިހަވަންދޫއިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ފިއްލަދޫގެ މައްޗަށް 0-5އިން ކުރިހޯދައިގެންނެވެ.
މުބާރާތުގައި ހއ. އަތޮޅުން ވާދަކުރީ 2 ޓީމެވެ. އެހެންކަމުން އަތޮޅު ޗެމްޕިއަން ކަނޑައެޅީ އެ ދެ ޓީމުގެ ދެމެދުގައި ކުޅުނު މެޗުންނެވެ.
ފައިނަލް މެޗުގައި އިހަވަންދޫއިން ޖެހި 5ލަނޑުގެ ތެރެއިން 2ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އަދި އަނެއް ތިން ލަނޑު ދެވަނަ ހާފުގައި ޖެހިއިރު މީގެތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސާނިއު އެވެ. އަނެއް ތިން ލަނޑު ޖަހައިދީ މެޗުގައި ހެޓްރިކް ހެދީ ބިދޭސީ ކުޅުންތެރިޔާ އަޙްމަދު އެލްސައީދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެލްސައީދެވެ.
މި މެޗުން މޮަލުވެ އިހަވަންދޫއިން އަތޮޅު ޗެމްޕިއަންކަން ހޯދިއިރު، މެޗަށްފަހު އެޓީމާ ވަނީ ޗެމްޕިއަން ޝީލްޑް ވެސް ހަވާލުކޮށްފައެވެ.