ޚަބަރު

ކުރިއަށް އޮތް ސީޒަންގައި ޑީން ހައުސަން ބޭނުންކުރާނީ އައިޑޮލް ރާމޯސްގެ 4 ނަމްބަރު


  • ޑިއޮމަންޑޭ އަށް 25 ނަމްބަރު

ރެއާލް މެޑްރިޑްހެ ޑިފެންޑަރ ޑީން ހައުސަން ކުރިއަށް އޮތް ސީޒަންގައި 4 ނަމްބަރު ޖަރޒީ ބޭނުން ކުރަން ނިންމައިފިއެވެ. މިނަމްބަރަކީ ޒުވާން ޑިފެންޑަރުގެ އައިޑޮލް ސާޖިއޯ ރާމޯސްގެ ނަމްބަރެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރާމޯސް އެކްލަބްގައިވެސް ބޭނުންކުރި 4 ނަމްބަރު ޖަރޒީ ލާން ޑީން ހައުސަން ނިންމީވެސް ރާމޯސްއަށްދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ. 21 އަހަރުގެ ޑިފެންޑަރަކީ ރެއާލް މެޑްރިޑްގެ ދިފާއުގައި ކުރިއަށް އޮތް ސީޒަންގައިވެސް މުހިއްމު ކުޅުންތެރިއަކަށް ވާނެއެވެ. ފާއިތުވި ސީޒަންގައި ލަލީގާގައި 28 މެޗު ކުޅުނެވެ. ކުރިން ޕްރިމިއަރ ލީގުގައި ބޯންމައުތަށް ކުޅުނު އިސްކޮޅުން ދިގު ޑިފެންޑަރު ފާއިތުވި ސީޒަންގައި ރެއާލް މެޑްރިޑްގައި ބޭނުންކުރީ 24 ނަމްބަރު ޖަރޒީއެވެ. އެނަމްބަރު ކުރިއަށް އޮތް ސީޒަންގައި ބޭނުންކުރާނީ ރެއާލްއާ އަލަށް ގުޅުނު ޑެންޒެލް ޑަމްފްރައިސް އެވެ.
ރެއާލްއާ އަލަށް ގުޅުނު ޑިފެންޑަރ ކުކުރެޔާ ބޭނުންކުރާނީ 17 ނަމްބަރެވެ. ބާނާޑޯ ސިލްވާއަށް ވަނީ 20 ނަމްބަރު ދީފައެވެ. އަދި ކޮނާޓޭ ބޭނުންކުރާނީ 16 ނަމްބަރެވެ.

މިދިޔަ ސީޒަންގައި ލޯނު އުސޫލުން ފްރާންސްގެ ލިޔޯންއަށް ދޫކޮށްލި ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކްއަށް ވަނީ 9 ނަމްބަރު ޖަރޒީ ދީފައެވެ. އޭނާ ލިލް އަށް ދޫކޮށްލުމުގެ ކުރިން ރެއާލްގައި ބޭނުންކުރީވެސް 9 ނަމްބަރެވެ. އެންމެ ފަހުން ރެއާލްއާ ގުޅުނު ޔަން ޑިއޮމަންޑޭ ބޭނުންކުރާނީ ހުހަށް އޮތް 25 ނަމްބަރެވެ. ކްލަބްގެ ލެޖެންޑް ޑެނީ ކަވާޚަލް ބޭނުމްކުރި 2 ނަމްބަރު ކުރިއަށް އޮތް ސީޒަންގައި ބޭނުންކުރާނީ އަސެންސިއޯ އެވެ.