ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ތުޅާދޫއިން ހޯދައިފިއެވެ.
ތުޅާދޫއިން ފައިނަލްގެ ޖާގަ ހޯދީ، އޭދަފުށީ ފުޓްސަލް ދނޑުގައި ކުޅުނު ބ. އތޮޅު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގޮއިދޫ ބަލިކޮށްގެންނެވެ.
މެޗުން ތުޅާދޫ މޮޅުވީ 2-3އިންނެވެ.
މެޗުގައި ތުޅާދޫއިން ޖެހި ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. މި ލަނޑުތައް ޖަހައިދިނީ އާދިލް އަބްދުއްރަޙްމާނާއި ޙަސަން ނާއިލް ދާޢޫދުގެ އިތުރުން ހާޔަން ހަސަން ހުސެއިނެވެ.
ގޮއިދޫއިން ވަނީ މެޗުގެ ކޮންމެ ޖާފެއްގައި އެއް ލަނޑު ޖަހާފައެވެ.
މި މޮޅާއެކު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ތުޅާދޫއިން ހޯދިއިރު ފައިނަލުގައި ތުޅާދޫ ނުކުންނާނީ މިރޭ ދޮންފަނާއި އޭދަފުއްށި ބައްދަލުކުރާ ސެމީފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓިމަކާ ދެކޮޅަށެވެ.
ފައިނަލް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.