ޚަބަރު

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ


  • ބިންހެލުން އައީ ރޭ ދަންވަރު 2:58 ހާއިރު

  • އެސަރަހައްދަށް އައީ 7.6 މެގްނިޓިއުޓުގެ ބާރުމިނުގެ ބިންހެލުމެއް

އިންޑޮނޭޝިއާގެ އެންޑެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، އިންޑޮނޭޝިއާގެ ސަރަޙައްދަށް އައި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރޭ ދަންވަރު 2:58 ހާއިރު އިންޑޮނީސިއާގެ ސަރަޙައްދަށް ބިންހެލުން އައިސްފައިވަނީ، 7.6 މެގްނިޓިއުޓުގެ ބާރުމިނުގައި ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 5482 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއް ކަމަށެވެ.

ދޭތެރެ ދޭތެރެއިން އިންޑޮނޭޝިއާއަށް ބިންހެލުމުގެ އަސަރު އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މިގޮތަށް އަންނަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިނުވެއެވެ.