ޚަބަރު

މަޖިލިސް ރައީސަށް ބާރަށުން ހޫނު މަރުޙަބާއެއް!


  • ބާރަށަށް ވަޑައިގެންނެވީ ޤައުމީ ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށް

  • ބާރަށުގައި ޤައުމީ ދުވަހުގެ ގިނަ ހަރަކާތްތަކެއް ކުރިއަގެންދޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ތިލަދުންމަތީ އުތުުރުބުރީ ބާރަށަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ބާރަށަށް ވަޑައިގެންނެވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވުމަށެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބާރަށަށް ވަޑައިގެންނެވުމާއެކު ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދުގެ އިތުރުން، ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތައް ބާރަށުގައި ކުރިއަށްގެންދިއުމަށްވެސް ވަނީ ހަަމަޖެހިފައެވެ. އެގޮތުން އެރަށުގައިވެސް ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް އިއްޔެ ބާއްވާފައިވާއިރު، މިރޭ އެރަށުގައި ސްޓޭޖް ސޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.