ފްރާންސްގެ ލިލް އަށް ކުޅެމުންދާ މޮރޮކޯގެ ޒުވާން މިޑްފީލްޑަރ އައްޔޫބު ބުއާދީ ހޯދުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީ އިން ފަށައިފިއެވެ.
އުމުރުން 18 އަހަރުގެ ބުއާދީ ހޯދުމަށް ސިޓީ އިން މަސައްކަތް ފަށާފައިވަނީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި އެ ޓީމުގެ މެދުތެރެ ބެލެހެއްޓި ރޮޑްރީ ބާސެލޯނާއަށް ބަދަލުވުމާއި ގުޅިގެންނެވެ.
ބުއާދީ ހޯދުމުގެ ޝައުގުވެރިކަން ސިޓީ އިން ފާޅު ކުރުމުގެ ކުރިން އެ ޓީމުން އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ޗެލްސީއަށް ކުޅެމުންދާ އާޖެންޓީނާގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ހޯދުމަށެވެ. ނަމަވެސް ޗެލްސީ އިން ބުނެފައިވަނީ އެންޒޯ ފެނާންޑޭޒް ވިއްކާނީ 120 މިލިއަން ޕައުންޑް ހުށައަޅާ ބަޔަކަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ބުއާދީ ހޯދުމަށް ސިޓީ އިން ހުށައަޅާ އަގު ހާމަކޮށްފައިނުވި ނަމަވެސް ލިލް އިން ބުއާދީ އަގުކުރަނީ 100 މިލިއަން ޔޫރޯ އަށެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ބުއާދީ އަށް ޝައުގުވެރިކަން ފާޅުކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި އޭނާ ދެއްކި މޮޅު ކުޅުމާއިއެކުގައެވެ.
މޮރޮކޯ އިން ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ދަތުކުރުކުރިއިރު, އެ މުބާރާތުގައި މޮރޮކޯ ކުޅުނު ހަ މެޗުގައިވެސް ބުއާދީ ވަނީ ކުޅެފައެވެ.
ބުއާދީ ހޯދުމުގެ މަސައްކަތް ސިޓީ އިން ކުރަމުންދާއިރު އެ ޓީމުން އަދިވެސް ގެންދަނީ އެންޒޯ ފެނާންޑެޒް ހޯދޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.