އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "އައިޓީއެފް ޖޭ 30" ޓެނިސް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތައް ރާއްޖޭގެ ނަބާ ނިޝާން، އާއިޝަތު ކަރިން ސައިޒާން، ލާރާ މުހައްމަދު ޝާމިން އަދި ނަޔާރާ އުސާމާ ޢަލީ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ގްރޫޕު ސްޓޭޖުގެ މެޗުތައް ހޯމަ ދުވަހު ފެށިއިރު، ނަބާ މުބާރާތުގެ ފެށުން ރަނގަޅުކުރީ ރާއްޖޭގެ އަޒީތާ އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "އައިޓީއެފް ޖޭ 30" ޓެނިސް މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗުތައް ރާއްޖޭގެ ނަބާ ނިޝާން، އާއިޝަތު ކަރިން ސައިޒާން، ލާރާ މުހައްމަދު ޝާމިން އަދި ނަޔާރާ އުސާމާ ޢަލީ ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ލާރާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އިންޑިއާގެ މައިތާ ޓޮޕްނޯއާއެވެ. މިމެޗު ލާރާ ކާމިޔާކުރީ 06-0، 02-06 އަދި 10-07 އިންނެވެ. ނަޔާރާ މެޗު ކާމިޔާބުކުރީ ކެނެޑާގެ މިޝިކާ ސުރޭޝް ބާލާޖީއާ ވާދަކޮށް ފަސޭހަކަމާއެކު 06-0 އަދި 06-02 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
އައިޓީއެފް "ޖޭ 30" މުބާރާތުގައި ޔޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.
14 އަހަރާ 18 އަހަރާ ދެމެދުގެ ކުޅުންތެރިން ވާދަކުރާ އައިޓީއެފް "ޖޭ 30" ކުރިއަށްދާނީ ދެ ހަފްތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 30 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.