ޚަބަރު

މެންޗެސްޓަރ ޔުނައިޓެޑުން ބަލެބާ ހޯދުމާއި ގާތަށް


  • 60 މިލިއަނަށްވުރެ އަގު ކުޑަވާނެ ކަމަށް ނުބެލެވޭ

މެންޗެސްޓަރ ޔުނައިޓެޑުން ކެމަރޫން މިޑްފީލްޑަރ ކާލޯސް ބަލެބާ ސޮއިކުރުވަން ތައްޔާރުވެއްޖެއެވެ. މެދުތެރެ ވަރުގަދަ ކުރުމަށް ބްރައިޓަންގެ މިޑްފީލްޑަރ ބަލެބާގެ ސޮއި ހޯދަން މިދިޔަ ސީޒަންގައިވެސް ޔުނައިޓެޑުން މަސައްކަތް ކުރިއެވެ. އެކަމަކު އަގު ބޮޑުވުމުން އޭރު އެކަން ނުވި ނަމަވެސް މިހާރު ޔުނައިޓެޑް އޮތީ ބަލެބާ ލައްވާ ސޮއިކުރުވަން ތައްޔާރަށެވެ.

އަލުން ބަލެބާގެ ސޮއި ހޯދަން ޔުނައިޓެޑުން މަސައްކަތް ފެށީ ޕޯޗްގަލް މިޑްފީލްޑަރ މެތިއުސް ފާނަންޑޭޒް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ރިޕޯރޓްތައް ބުނާގޮތުން ބަލެބާ ވިއްކާލަން ބްރައިޓަންއިން އިން ކިޔަނީ 60 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެކެވެ. އެކަމަކު މިވަގުތު އޮތީ އެއަށްވުރެ ކުޑަ ހުށަހެޅުމެކެވެ. މީގެކުރީގެ ޓްރާންސްފަރގައި ޔުނައިޓެޑުން ބަލެބާ ގެންނަން ކުރި މަސައްކަތަށް އެޅުނު ހުރަހަކީ 100 މިލިއަން ޕައުންޑްގެ އަގެވެ.
އާސީޒަނަށް ޓީމް ވަރުގަދަ ކުރަން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޗެލްސީގެ މިޑްފީލްޑަރ އަންދްރޭ ސަންތޯސްގެ ސޮއި ހޯދާފައެވެ. އަދި ބެލްޖިއަމް މިޑްފީލްޑަރ ޔޫރީ ޓިއެލްސްމަން ވެސް ކުޅޭނީ ޔުނައިޓެޑަށެވެ. ޕްރީ ސީޒަން މެޗުތަކުގައި އަންދްރޭ ސަންތޯސްއާއެކު މެދަށް ކުޅުނީ މޭސަން މައުންޓް އެވެ. އެކަމަކު މޭސަން މައުންޓް މުޅިން ފިޓެއް ނޫނެވެ.

ބަލެބާ ވަނީ މިދިޔަ ސީޒަންގައި ބްރައިޓަން އަށް 35 މެޗު ކުޅެދީފައެވެ. 22 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރަކީ ކާޑާ ރަށްޓެހި ކުޅުންތެރިއެކެވެ.