ކުޅިވަރު

އެގްޒިބިޝަން މެޗް ބިދޭސީ ބިދޭސީ ޓީމް ކާމިޔާބުކޮށްފި


ވޮލީ ބޯލް އެސޯސިއޭޝަންގެ އެގްޒިބިޝަން މެޗް ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިން ކާމިޔާބުކޮށްފިއެވެ. 

ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޤައުމީ ލީގާއި ޤައުމީ މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު ޚާއްސަ އެކްޒިބިޝަން މެޗް ވޮލީ ބޯލް އެސޯސިއޭޝަނުން އެކުލަވާލި ޓީމްގެ މައްޗަށް ރާއްޖޭގެ އެކި ކުލަބްތަކަށް ވޮލީ ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ ވީއޭއެމްގެ ޓީމެވެ. އެއީ 25-20އިންނެވެ. ނަމަވެސް ޖެހިގެން އައި 3 ސެޓްވެސް ކާމިޔާބުކޮށް މެޗް ކާމިޔާބުކޮށްފައިވަނީ ބިދޭސީ ކުޅުންތެރިންގެ ޓީމެވެ. މެޗްގެ ފަހު 3 ސެޓް ބިދޭސީ ކުޅުންތެރިންގެ ޓީމް ގެންދިޔައީ 25-23، 25-18 އަދި 25-21ހުންނެވެ. މިމެޗްގައި 2 ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ވޮލީގެ ތާރީޚްގައިވެސް އަލަށް ކުޅުނު އެކްޒިބިޝަން މެޗް ވެގެން ގޮސްފައިވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ވޮލީ ލީގާއި، ވާދަކުރާ ބިދޭސީ ކުޅުންތެރިންގެ ފެންވަރު އެއް މެޗަކުން ފެނިގެންދިޔަ މެޗަކަށެވެ.. މެޗްއަށްފަހު ދެ ޓީމްގެ ކުޅުންތެރިންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.