ކުޅިވަރު

މިއަންނަ އަހަރު ވޮލީ ތަރައްޤީ ކުރުމަށް 20 މިލިއަން ރުފިޔާ ބޭނުން


ވޮލީ ތަރައްޤީ ކުރުމަށް މިއަންނަަ އަހަރު 20 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

މުހައްމަދު ލަތީފް މިހެން ވިދާާޅުވެފައިވަނީ ރޭ ކުޅުނު ވޮލީގެ ހާއްސަ އެކްޒިބިޝަން މެޗްގެ ކުރިން ވާހަކަފުޅުދައްކަވަމުންނެވެ. މެޗްގެ ޝަރަފްވެރި މެހެމާން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިއަހަރުވެސް ވޮލީއަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރެވިފައިވާކަމަށެވެ. މިކަމަށް އިޝާރާތްކޮށް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، މިއަހަރު 9 މިލިއަން ރުފިޔާ ހަރަދު ވީކަމުގައި ވީނަމަވެސް މިއަންނަ އަހަރު ވޮލީ ތަރަައްގީ ކުރުމަށް 20 މިލިއަން ރުފިޔާ ބޭނުންވާނެކަމަށެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ވޮލީ ކުޅެމުން ގޮސްފައިވަނީ ހަމައެެކަނި މާލޭގައިކަމަށާ، ނަމަވެސް އެކަންތަށްތަށް ބަދަލްކޮށް ވޮލީ މުޅި ރާއްޖޭގައި ފަތުރާލުމަށް މިހާރުވެސް އެސޯސިއޭޝަންއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ލަތީފް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14781622837394.jpg|ވޮލީގެ ހާއްސަ އެގްޒިބިޝަން މެޗްގެ ތެރެއިން (ފޮޓޯ:ޕީއެސްއެމް-ވަހީދު)

" 1 އޮކްޓޯބަރ 2016އިން ފެށިގެން އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ އަމާޒްއަކީ މުޅި ރާއްޖެއަށް ވޮލީ ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކުރުން. އެހެންވީމަ އިއްޒަތްތެރި މިނިސްޓަރ އަޅުގަނޑުމެން މިކަމަށް ވަރަށް ފައިސާ ބޭނުންވާނެ. އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންއެއް އޮބައޮތް، އަޅުގަނޑުމެންގެ ފުރަތަމަ އަމާޒްއަކީ އަޅުގަނޑުމެންގެ ކޯޗުން ތަރައްގީ ކުރުން. " ލަޠީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ރޭގެ މެޗަކީ ވޮލީއަށާއި އަލަށް ހޮވުނު އެކްސްކޯއަށް ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. ރޭގެ ހާއްސަ މެޗައަކީ އަލަށް ހޮވުނު އެކްސްކޯއިން ބޭއްވި ގައުމީ ލެވެލްގެ ފުރަތަމަ މެޗެވެ.