ޚަބަރު

މިހާރު ހުރި ކޯޗާއެކު ގައުމީ ޓީމަށް ނުކުޅެން ސުފިޔާން އަމްރާބަތް ޓީމާ ދުރަށް!


  • 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާއަކީ މުހިއްމު ކުޅުންތެރިއެއް

މޮރޮކޯގެ މިހާރުގެ ކޯޗު މުޙައްމަދު އުއާބީގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ނުކުޅެން, މިޑްފީލްޑަރ ފުފިޔާން އަމްރާބަތް ނިންމައިފިއެވެ. އަންނަ އަހަރު އޮންނަ އެފްރިކަން ކަޕް އޮފް ނޭޝަންންސްގެ ކޮލިފައިންގ މެޗުތައް ކުރިމަތީގައި އޮއްވާ އަމްރާބަތް ޓީމަށް ނުކުޅެން ނިންމި ހަމައެކަނި ސަބަބަކަށް ބުނީ މިހާރުގެ ކޯޗާއެކު ޓީމަށް ނުކުޅުމެވެ.

މިހާރުގެ ކޯޗާއެކު ގައުމީ ޓީމަށް ނުކުޅެން ނިންމި ސަބަބެއް 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި މޮޅަށް ކުޅުނު މިޑްފީލްޑަރު ނުބުނެއެވެ. އެންމެ ފަހުން އޮތް ވޯލްޑްކަޕްގައި އަމްރަބަތް އަށް ކުޅުމުގެ ފުރުޞަތު ލިބުނީ މަދުންނެވެ. މޮރޮކޯ ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ އެގާރައިން ޖާގަ ލިބުނީ އެންމެ މެޗަކުންނެވެ. ކްއާޓާ ފައިނަލްގައި ފްރާންސާ ދެކޮޅަށް ކުޅުނު އެ މެޗުންވީ ބައްޔެވެ.

އަމްރާބަތްގެ ބަދަލުގައި މޮރޮކޯ ޓީމްގެ މެދު މިހާރު ކޮންޓްރޯލް ކުރަނީ ޒުވާން މިޑްފީލްޑަރ އައްޔޫބް ބުއާދީ އެވެ. ބޮޑު އަގުގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވެ, އެޓީމްގެ ކޯޗު މަރެސްކާގެ އިތުބާރުވެސް ބުއާދީ ވަނީ ހޯދާފައެވެ.

އަމްރާބަތް ގައުމީ ޓީމަށް ދުރަށް ދިޔަނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލައެވެ. ހަމައެކަނި ބުނީ މިހާރުގެ ކޯޗުގެ އިރުޝާދުގެ ދަށުން ނުކުޅޭނެ ކަމަށެވެ. އިހުތިރާމް ކުރުމުގެ ގޮތުން އެކަމުގެ ސަބަބު ހާމަނުކުރާނެކަމަށް އަމްރާބަތް ވަނީ ބުނެފައެވެ.

"
އަހަރެން ސާފްކޮށްދޭން ބޭނުން. އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓައެއް ނުލަން. އަދި ގައުމީ ޓީމަށް އަހަރެންގެ ދޮރު ބަންދެއްވެސް ނުކުރަން.
އަމްރާބަތު

ނެދަލެންޑްސްއަށް އުފަން އަމްރާބަތް މިހާރު ކުޅެނީވެސް އެގައުމުގެ ލީގުގައެވެ. ކުރީގެ ކޯޗު ވަލީދު ރެގުރާގިއިގެ އިރުޝާދުގެ ދަށުން އޭނާވީ މޮރޮކޯގެ މުހިއްމު ކުޅުންތެރިއަކަށެވެ.