މި މަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްއަށް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ޖަޕާނަށް ފުރައިފިއެވެ.
މީގެ ކުރިން ރާއްޖޭގެ ސާފިން ޓީމާއި، ޓޭބަލް ޓެނިސް، ޝޫޓިންގ، އަދި ބީޗް ވޮލީބޯޅަ ޓީމު ވަނީ ޖަޕާނަށް ފުރައިފައެވެ. އޭގެ ތެރެއިން ސާފިން ޓީމު ޖަޕާނަށް ފުރީ މިދިޔަ ހަފުތާގައެވެ. ޓޭބަލް ޓެނިހާއި، ޝޫޓިން އަދި ބީޗް ވޮލީބޯޅަ ޓީމުން ޖަޕާނަށް ފުރީ ބުދަ ދުވަހު ހެނދުނުއެވެ.
ސްވިމިންގ ޓީމުން ޖަޕާނަށް މިއަދު ފުރާފައިވާއިރު، އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މުޙައްމަދު ރިހާން ޝިހާމް، ލޫޠު މުހައްމަދު ހުސައިން، މަލާއިކާ ލިންޑާ އިމްރާން އަދި މިރާލް ޢައިން ލަތީފެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން 7 ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ ސްވިމިންގް، ބީޗް ވޮލީބޯލް، ޝޫޓިން، ޓޭބަލް ޓެނިސް، ސާފިން، ބެޑްމިންޓަން އަދި އެތުލެޓިކްސްއިންނެވެ.
މީގެ ކުރިން ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ، އޭޝިއަން ގޭމްސްއަކީ ސްވިމިންގް އެތުލީޓުންނަށް ލިބޭނެ ރަނގަޅު ތަޖުރިބާއެއްކަމަށް ދެކޭ ކަމަށެވެ.
މި ގޭމްސްގެ މީޑިއާ ޓީމުގެ މެނޭޖަރަކީ ޕީއެސްއެމް ނިއުސްގެ މެނޭޖަރ ޓެކްނިކަލް އޮޕަރޭޝަން ޢަލީ އާދަމެވެ.