ޚަބަރު

އޭޝިއަން ގޭމްސް: ބެޑްމިންޓަން ތަރި ނަބީހާ ދެވަނަ ބުރަށް


  • ނަބާހާއާއި ނިބާލް ސިންގަލްސް މެޗުތަށް ފަށާނީ ދެވަނަ ބުރުން

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ބެޑްމިންޓަން އަންހެން ސިންގަލްސްގައި ކުޅުނު ފުތަމަ މެޗުން މޮޅުވެ ދިވެހި ބެޑްމިންޓަން ތަރި އައިމިނަތު ނަބީހާ ދެވެނަ ބުރުން ޖާގަހޯދައިފިއެވެ.
 
އައިޗީ އިޗިނޯމިޔާ ސިޓީ މުނިސިޕަލް ޖިމްނާޒިޔަމްގައި ހުކުރު ދުވަހު ނަބީހާ ވާދަކުރީ މޮންގޯލިއާގެއެންޚްލެން ސެލްމެގް-އޮޑްއާއެވެ. ނަބީހާ ވަނީ މި މެޗު ފަސޭހަ ކަމާ އެކު، 21-08، 21-3 އިން ކާމިޔާބުކޮށްފައެވެ.
 
މީގެ އިތުރުން ހުކުރު ދުވަހު ބެޑްމިންޓަންގެ ފިރިހެނުންގެ ސިންގަލްސް މެޗުގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީގެ މައްޗަށް މޮންގޯލިއާގެ ބަޓްދަވާ މުންކްބަޓް ވަނީ ކުރިހޯދާފައެވެ. މެޗުގެ ސެޓްތައް ދިޔައީ 12-21, 17-21 އިންނެވެ.
 
ދިވެހި ޓީމުން ބެޑްމިންޓަންގައި ދެން ވާދަކުރާ ފާތިމަތު ނަބާހާއާއި ނިބާލް އަޙްމަދު ސިންގަލްސް މެޗުތަށް ފަށާނީ ދެވަނަ ބުރުންނެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކުގައި ނިބާލް ވާދަކުރާނީ ސްރީލަންކާގެ ކުޅުންތެރިއަކާއެވެ. އަދި ނަބާހާ ވާދަކުރާނީ ސިންގަޕޫރުގެ ކުޅުންތެރިއަކާއެވެ.