ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބިނާރާ ބެހޭ ވުޒާރާގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާކަމަށް އެވުޒާރާއިން ރިޕޯޓުކޮށްފައިވާކަމަށެވެ.
ވުޒާރާގެ ފަރާތުން އެކަމާއި ގުޅޭ ރިޕޯޓް ހުކުރު ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުންނަށް ލިބުމާއި ގުޅިގެން އެވުޒާރާއަށް ގޮސް ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުންގެ ހާޒިރުގައި އެވުޒާރާގެ މުވައްޒަފުން އެލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރިކަމަށް އެ ވުޒާރާއިން ކުރި ރިޕޯޓާ ގުޅޭ pic.twitter.com/JyKdJCUgUp
— Maldives Police (@PoliceMv) September 26, 2026
ފުލުހުން މިހެން ވިދާޅުވެފައިވާއިރު ބައެއް މީޑިއާތަކުން ވަނީ ބިނާރާ ބެހޭ ވުޒާރާއިން ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް ހުޅުވާފައި ހުރިކަމަށްބުނެ ޚަބަރުތަކެއް ފަތުރާފައެވެ.