ކުޅިވަރު

އޭޝިއަން ގޭމްސް: ޗައިނާ މާކުރީގައި، މެޑަލް ނުލިބެނީ 5 ޤައުމަކަށް


  • ޗައިނާއިން ވަނީ 341 މެޑަލް ހާސިލްކޮށްފައި

  • ޖަޕާނަށް ލިބުނީ 269 މެޑަލް

ޖަޕާނުގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސް މިއަދު ނިންމާލައިފިއެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 19 އިން މިއަދުގެ ނިޔަލަށް ކުރި އަށް ގެންދިޔަ ގޭމްސްގައި އެންމެ ގިނަ މެޑަލް ހާސިލް ކިރީ ޗައިނާއެވެ. ދެ ވަނައިގައިވަނީ ޖަޕާނެވެ. ތިން ވަނާގައި ދެކުނު ކޮރެޔާއެވެ.

ޗައިނާއިން ވަނީ 341 މެޑަލް ހާސިލް ކޮށްފައެވެ. އެއީ 169 ރަން މެޑަލް އާއި 89 ރިހި މެޑަލް އަދި 83 ލޯ މެޑަލް އެވެ. ޖަޕާނަށް ލިބުނީ 83 ރަން މެޑަލް އާއި 95 ރިހި މެޑަލް އާއި 01 ލޯ މެޑަލްއާއެކު ޖުމުލަ 269 މެޑަލް އެވެ. ދެކުނު ކޮރެޔާ އަށް ލިބުނީ 150 މެޑަލް އެވެ. އެއީ 39 ރަންމެޑަލް އާއި 43 ރިހި މެޑަލް އާއި 68 ލޯ މެޑަލް އެވެ.

މި ގޭމްސްގައި އެންމެ މަދުން މެޑަލް ހޯދީ ބަނގްލަދޭޝް އާއި ބުރޫއީ ދާރުއްސަލާމާއި ލާއޯސް އާއި ސީރިއާއެވެ. މިއިން ކޮންމެ ގައުމަކުން ވެސް ވަނީ އެއް މެޑަލް ހޯދައިފައެވެ. ކޮންމެ ގައުމަކަށް ވެސް ލިބުނީ ލޯ މެޑެއްޔެކެވެ.
ގާތްގަނޑަށް 32 އަހަރު ފަހުން ޖަޕާނުގައި ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން މެޑަލް ނުލިބެނީ ފަސް ގައުމަކަށެވެ. އެއީ ބޫޓާނާއި އީސްޓީމޯރާއި ދިވެހިރާއްޖެ އާއި ފަލަސްތީނާއި ޔަމަނަށެވެ.

ޖުމުލަ 45 ގައުމު ބައިވެރިވި މި ފަހަރުގެ ގޭމްސްގައި 43 ކުޅިވަރެއް ކުޅުނުއިރު ޖަޕާނަށް ދިޔަ ބައެއް އެތުލީޓުންނަށް އެއާޕޯޓުގައި ތިނަ އިރު ތިބެން ޖެހުމުގެ މައްސަލަތަކާއި އެކޮމޮޑޭޝަން އާއި ދަތުރު ފަތުރުގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. ބައެއް އެތްލީޓުންނަށްވުރެ ޖަޕާނުން ތައްޔާރުކުރި އެނދުތައް ކުޑަވުމާއި ކޮންޓޭނަރު ސްޓައިލަށް ހެދި ކޮޓަރިތަކުގެ ތާށިކަމެވެ.

ތަފާތު ސަބަބުތަކާހުރެ ޖަޕާނުން އަންދާޒާކުރި ވަރަށްވުރެ ގޭމްސް އަށް ހިނގާ ޚަރަދު ހަތަރު ގުނަ އިތުރުވިއެވެ. ޖަޕާނުން އެންމެ ފުރަތަމަ މި ގޭމްސް އަށް ކަނޑައެޅި 0.64 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުޅިވަރުތައް ގިނަވެ އެތުލީޓުންނާއި އޮފިޝަލުންގެ އަދަދު އުފުލިގެންދިއުމުން މިހާރު އަންދާޒާ ކުރެވިފައިވަނީ ގޭމްސް ނިމޭއިރު ޖަޕާނުން މި ބޮޑު ގޭމްސް އަށް 2.38 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. މިއީ 1.74 ބިލިއަން ޑޮލަރުގެ އިތުރުވުކެވެ.