ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން ބަޔަކު ހައްޔަރުކޮށްފި


  • ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހުން ހައްޔަރުކުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

މިއަދު މެންދުރު ފުލުހުން ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނުގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސް ކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނެއެވެ.

މިކަމާއި ގުޅުން ހުރި އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.