ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށް ވުރެ ގިނަ ރުފިޔާއާއި އެއްވަރުގެ އަދަދެއްގެ ބޭރުފައިސާ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިފައިސާތައް އަތުލައިގަނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިފައިސާ އަތުލައިގަނެފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަންދިޔަ އިންޑީއާ ރައްޔިތެއްގެ އަތުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިފައިސާތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭ ކަމަށެވެ. މިފައިސާގެ އަދަދު 905،669.80 އަށް އަރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސެސްއިން ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ގެންދާނަމަ އެކަން ކަސްޓަމްސްއަށް ޑިކްލެއަރ ކުރަން ޖެހެއެވެ. އެގޮތުން 10،000 ޑޮލަރަށް ވުރެ އިތުރު އަދަދެއް ގެންދާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހޭއިރު، އެ ފައިސާ ހޯދި ގޮތުގެ ލިއުންވެސް ހުށަހަޅަންޖެހޭ ގޮތަށް ޤާވާއިދުގައި ވެއެވެ.