ޤައުމީ ސަލާމަތާއި، އަމަން އަމާންކަން

ސަރުކާރަށް 3 އަހަރު - ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ފެތުރުން


ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ފެތުރުމަށްޓަކައި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައި، ބޮޑެތި ކާމިޔާބީތަކެއް ހާޞިލްކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޤައުމު ބިނާކުރުމުގެ 3 އަހަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދީނީ ޙާލަތު އޮތީ ވަރަށް ދަށަށް ގޮސްފައިކަމަށެވެ. އަދި މިކަން ހަމަ ބުއްދިން ވިސްނާ ކޮންމެ ދިވެހި ރައްޔިތަކަށް އެނގިވަޑައިގަންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިސާލު ޖައްސަވަމުން މިނިސްޓަރ ވިދާޅުވީ ރައިސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހުރިހާ މިސްކިތްތަކާއި، އިމާމުން ތިއްބެވީ މުނިސިޕަލް ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި މިކަމަކީ ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމެއްގައި އެކަން އޮންނަ އުޞޫލެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ އެންމެ ދުވަސްވީ އިސްލާމް ދީން އުގަންނައިދޭ މަރުކަޒު "މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ" 2008 ވަނަ އަހަރު ވެރިކަމަށް އައި ސަރުކާރުން އުވާލާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރައިސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި އިސްލާމް ދީން އުގަންނައިދިނުމަށްޓަކައި ކުރެއްވި މަސައްކަތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފައްދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14754775282288.jpg|ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ރަސްމިއްޔާތުގެ ތެރެއިން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤުރުއާންގެ އިލްމު އުގަންނައިދެއްވުނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކުރައްވައި ރައްޖޭގެ ހުރިހާ ސްކޫލެއްގައި އާ މަންހަޖެއް އުފައްދަވައި އެ މަންޖަހުގެ ދަށުން ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހައްދަވާ ކިޔަވައިދެއްވަން ފަށްޓަވައިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި، ޤުރުއާނާ ބެހޭމަރުކަޒާއި އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޕްރައިމަރީ ނިންމާ ކޮންމް ދަރިވަރަކު ޤުރުއާން ހިތު ދަސްވެފައިވާ ދަރިވަރަކަށް ހެއްދެވުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް މާލޭގެ ސްކޫލްތަކުގައި ފަށްޓަވާފައިވާކަމަށެވެ. އަދި އަންނަ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އިސްލާމް ދީނަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ޙާފިޒުން އުފެއްފުމުގެ ޚާއްޞަ ޕްރޮގްރާމެއް ޤުރުއާނާބެހޭ މަރުކަޒުގައި ފަށްޓަވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިސްކިތްތައް ބޭނުންވެފައި ހުރި ރައްރަށުގައި މިސްކިތްތައް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރާއްޖެއަށް ޚާއްޞަކޮށްގެން ތައްޔާރުކުރައްވާފައިވާ ޙަތިމްތައް ވަރަށް އަވަހަށް ޢާންމުންނަށް ހަމައަށް ފޯރުކޮށްދެވޭނެކަމަށާއި، މިހާރު އެތަކެތި ހުރީ ކަސްޓަމްސްގައި ކަމަށެވެ. މީގެ އިތުރުން ރައްޖެއިން ބޭރުން އިސްލާމް ދީނުގެ ޢިލްމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުޞަތު ސަރުކާރުން ފަހުކޮށްދެއްވައި އިސްލާމީ ބޮޑެތި ޤައުމުތަކުން މަތީ ތަޢުލީމް ހޯއްދެވުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމަށެވެ.