ޤައުމީ ސަލާމަތާއި، އަމަން އަމާންކަން

ދިވެހި އަސްކަރިއްޔާގެ ތިންކް ޓޭންކް އެކުލަވާލައްވައިފި


ދިވެހި އަސްކަރިއްޔާގެ ތަޞައްވަރާއި މިސްރާބަށް ވާޞިލް ވުމަށާއި، އަސްކަރިއްޔާގެ މުޙިއްމު ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް މަގުފަހިކޮށްދިނުމަށް ދިވެހި އަސްކަރިއްޔާގެ ތިންކް ޓޭންކްގެ ނަމުގައި ކޮމެޓީއެއް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު އެކުލަވާލައްވާފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބަންޑާރަކޮށީގައި ބާއްވާފައިވާކަމަށާއި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ އަސްކަރިއްޔާ ހަރުދަނާކުރުމާއި އަސްކަރިއްޔާގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުންކަމަށެވެ.

އަސްކަރިއްޔާގެ ތިންކް ޓޭންކްގެ ނަމުގައި އެކުލަވާލެއްވި މި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، މޭޖަރ ޖެނެރަލް ރިޓަޔާޑް މުޙައްމަދު ޒާހިރު، ޑރ. އިބްރާހީމް ޙަސަން، ޑރ. ޢަލީ ފަވާޒް ޝަރީފް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަޙްމަދު މުޙައްމަދު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަޙްމަދު ނަޢީމް މުޙައްމަދު، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އާދަމް ޒާހިރު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް ޢަބްދުއްޝުކޫރު ޢަބްދުﷲއެވެ.