އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީ ޓީމް ބަންގްލަދޭޝްއަށް ފުރައިފިއެވެ.
މިއަދު ހެނދުނު ވޮލީ ޓީމު ބަންގްލަދޭޝްއަށް ދިއުމަށް ފުރާފައިވާއިރު މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ވޮލީ ޓީމު ވަނީ ސްރީލަންކާގައި 21 ދުވަހުގެ ޓްރޭނިންގ ކޭމްޕެއް ކުރިއަށް ގެންގޮސް އެ ޤައުމުގެ އެކި ޓީމުތަކާއެކު އެކުވެރިކަމުގެ އަށް މެޗް ކުޅެފައެވެ.
މިމަހުގެ ފަހުކޮޅު ބަންގްލަދޭޝަންގެ ވެރިރަށް ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިފަހަރު މުޅިން އަލަށް ޓީމަށް ވަނީ ޒުވާން ދެ ކުޅުންތެރިޔަކު ނަގާފައެވެ. އެއީ ޖަވާމް އަލީއާ މުހައްމަދު މިމްރާޙްއެވެ.
ރާއްޖޭގެ ވޮލީ ޓީމު ވަނީ އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ.