ކުޅިވަރު

ކުޅުންތެރިން ދަސްވީ މުބާރާތް ނިމުނު ފަހުން - ޤައުމީ ވޮލީ ކޯޗު


މިދިޔަ އަހަރު ނިމިގެންދިޔަ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގެ 2ވަނަ ރާއްޖެ ހޯދުމުން މިއަހަރު މުބާރާތުގެ ގޯލްޑް މެޑަލް ރާއްޖެ ހޯދާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރަމުންދިޔައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ ރާއްޖޭ ޤައުމީ ވޮލީ ޓީމު މިހާތަނަށް ނުކުރާ ވަރުގެ ކޭމްޕެއް ލަންކާގައި ކުރުމުންނެވެ. ލަންކާގައި 23 ދުވަހުގެ ކޭމްޕައަކަށްފަހު ޤައުމީ ޓީމު ކުރިމަތިލީ ސެންޓަރަލް ޒޯން ވޮލީ މުބާރާތާއެވެ. ސްރީލަންކާގެ ޤައުމީ ފިރިހެން ޓީމަށް ކޯޗްކޮށްދީފައިވާ ވެންޑާރ ކޫން އާއިއެކު ދިވެހި ޓީމު މުބާރާތަކަށް ދިޔައެވެ. މުބާރާތުގެ ކުރިންވެސް ކޯޗްގެ އެތައް ޝަކުވާތަކެއްގެ އަޑު އިވެމުންދިޔައެވެ. ކޯޗްގެ ވާހަކަ މާ ގިނަވުމާ، އަބަދުވެސް ސްރީލަންކާގެ ކުޅުންތެރިންގެ މޮޅު ވާހަކައާ، ރާއްޖޭގެ ކުޅުންތެރިންގެ މައްސަލަތަކުގެ ވާހަކަތަކެވެ.

މުބާރާތުގައި ފެނިގެންދިޔައީވެސް ހަމަ މި މަންޒަރެވެ. ސެންޓަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއަށް 3 ވަނަ ލިބުމުން ކުޅުންތެރިން ތިބީ ވަރަށް ހިންހަމަ ނުޖެހިފައެވެ. ނަމަވެސް ހުސްއަތާ ޤައުމަށް ދިއުމުގެ ބަދަލުގައި 3 ވަނަވެސް ރަގަނޅުކަމަށް ކުޅުންތެރިން ބުންޏެވެ. މުބާރާތް ނިންމާލުމަށްފަހު ކޯޗް ވެންޑާރ ކޫން ބުނީ ދިވެހިންނަކީ ވަރަށް ތަފާތު ބައެއް ކަމަށެވެ. ޤައުމުން ބޭރުގައި ގައުމީ ޓީމަކަށް މީގެ ކުރިން ކޯޗުކޮށްދީފައި ނުވުމުން ވެންޑާރ ކޫނަށް ކުޅުންތެރިންގެ މިޒާޖާއި ޓީމެއްގެ ގޮތުގައި ކުޅުންތެރިން ގޮވައިގެން އުޅޭކަށް ނޭގުނެވެ. ލަންކާގެ ޓީމުތަށް ފަރިތަކުރުންތައް ކުރިއަށް ގެންދާ ގޮތަށާއި، ލަންކާގެ ކަލްޗާރއަށް ދިވެހިން ހާނަން އުޅުމުން ކޯޗްއަށް އެކަން ނާކާމިޔާބުވީ ކަމަށް ވެންޑާރ ކޫން ބުންޏެވެ.

"އެންމެ ފުރަތަމަ އަހަރެން ބެލީ ލަންކާގެ ސިސްޓަމަށް ދިވެހި ކުޅުންތެރިން ހާނާލެވޭތޯ. އެކަން ކާމިޔާބު ނުވުމުން އަހަންނަށް އެގުނީ ދިވެހިންގެ ވިސްނުން ވަރަށް ތަފާތުކަން. ދިވެހިންނަކީ މާ ވާހަކަ ގިނަ ކުރާ ބައެއްނޫން. އަދި މާގިނަ ވާހަކަދެއްކީމަވެސް ކުޅުންތެރިން ފޫހިވޭ. އަދި މެޗުގައިވެސް މާވާހަކަ ގިނަވުމުން ކުޅުންތެރިން ވަރަށް ފޫހިވޭ. ދިވެހިން ބޭނުންވަނީ ވާހަކަ މަދުކޮށް ގިނަ ވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް. ނަމަވެސް މިހުރިހާ ކަމެއް އަހަންނަށް އިގުނުއިރު މުބާރާތް ނިމިއްޖެ" ވެންޑާރ ކޫން ބުންޏެވެ.

މުބާރާތް ކުރިއަށްދިޔަ އިރު ބައެއް ކުޅުންތެރިން ކޯޗް އަަންނަން ފެށީމަ ފިލާ މަންޒަރުވެސް ފެނިގެންދިޔައެވެ. އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ މެޗު އޮންނަ ދުވަހުވެސް ކުޅުންތެރިން ބޮލުގަ ރިއްސާވަރަށް ކޯޗްގެ ވާހަކަ ދިގުވުމެވެ. މެންދުރު ކާންވެސް ބައެއް ކުޅުންތެެރިންނަށް އާދެވެނީ އެންމެ ލަހުންނެވެ. ކުޅުންތެެރިންގެ ކޮޓަރިއަށް ގޮސް ކޯޗު ވާހަކަ ދައްކާވަރު ދިޔައީ މުބާރާތް ތެރޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ކޯޗަށް އެއްވެސް ވަރަކަށް އިދިކޮޅު ޓީމް ނޭނގޭ ކަމަށެވެ. އަދި ބައެއް ފަހަރު ހުދު ކޯޗް ވެންޑާރ ކޫނަށްވެސް އޭނާއަށް ހެދެނީ ނެހެދެނީ ކިހެނެތްކަން ނޭނގޭ ކަމަށެވެ.

"މިއަދު މެންދުރު ކާންވެސް މި އާދެވުނީ އެންމެ ލަހުން. ކޯޗްގެ ވާހަކަ ގިނަކަމުން މިހާރު ބޯހަލާކުވެއްޖެ. އެންމެ ކުޑަމިނުން އަހަރެން ކައިރީގައި އެބައަހާ ދެން ހަދަންވީ ކިހިނެއްތޯވެސް. މެޗްގައި ގެންނަވީ ބަދަލްތައްވެސް އަހަރެން ކައިރީގައި އެބައަހާ. އަދި ލަންކާ ކުޅުންތެެރިންގެ މޮޅު ވާހަކަ ދިވެހިން އަބަދުވެސް މިވެނި ކަމަކަށް ދަށް، އެވެނިކަމަކަށް ދަށް. މިވަރުން ދިވެހި ޓީމަކާ ޙަވާލުވާންވީ ކީއްކުރަން. މިއީ މޮޅު ޓްރެއިނަރެއް، މިއީ މޮޅު ކޯޗްއެއް ނޫން." ޤައުމީ ޓީމުގެ އެންމެ ސީނިއާރ އެއް ކުޅުންތެރިއަކު ބުންޏެވެ. img:http://s4.psmnews.mv/images/660x400/14831076751385.jpg|ޤައުމީ ވޮލީ ޓީމު

މުބާރާތުގެ 2 ވަނަ މެޗްގައި ރާއްޖެ ވާދަކުރީ ނޭޕާލާއެވެ. އެމެޗުން ރާއްޖެ ބަލިވެފައިވަނީ 3 ސެޓް 1 ސެޓުންނެވެ. ރާއްޖެއާ ކްރިގިސްތާން ވާދަކުރި މެޗުން ރާއްޖެ ބަލިވީ ސީދާ 3 ސެޓުންނެވެ. މުބާރާތް މިހާ ހިސާބަށް ދިޔައިރު، ރާއްޖެ 2 މެޗުން ބަލިވުމުން ފައިނަލްގެ އަމިއްލަބާރު ވަނީ ގެއްލިފައެވެ. އެހެންނަމަވެސް ހަނި ފުރުސަތެއް އޮތުމުން ކުޅުންތެރިންނާ ކޯޗިން ސްޓާފުން އެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރަމުންދިޔަކަން ފާހަގަކޮށްލެވުނެވެ. އަފްގާނިސްތާނާއި ވާދަކޮށް ރާއްޖެ ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރުމުން ކުޅުންތެރިންނަށް އިތުރު ހިއްވަރެއް ލިބިގެންދިޔައެވެ. ރާއްޖެއާ އަފްގާނިސްތާން މެޗަށްފަހު ކުޅުނީ ކްރިގިސްތާނާއި ބަންގްލަދޭޝްގެ މެދުގައި ކުޅެވުނު މެޗެވެ. މިޑީޔާ ޓީމްއާ އެސިސްޓެންޓް ކޯޗާއި މެނޭޖަރު، ކްރިގިސްތާނާއި ބަންގްލަދޭޝްގެ މެޗު ބަލަން މަޑުކުރިއިރު، ކޯޗް ވެންޑާރ ކޫން މެޗް ބަލަން މަޑު ނުކުރުމުން، އެކަމާއި ގުޅިގެން ކޯޗާއި ސުވާލު ކުރުމުން ކޯޗް ބުނީ ވީޑިއޯ ނަގާށޭ މިރޭ ހޮޓަލުގައި ބަލާނީ ކަމަށެވެ. މެޗު ބަލަން މަޑުކުރި އެސިސްޓަންޓް ކޯޗް މެޗްގެ ބައެއް ކަންތައްތައް ނޯޓް ކުރަމުންދިޔައެވެ. ރާއްޖެ ކުޅުނު މެޗް ފިޔަވާ އެހެން އެއްވެސް މެޗެއް ބަލަން ކޯޗް ވެންޑާރ ކޫން މަޑުކޮށްފައެއް ނުވެއެވެ. މިކަމާވެސް ވަރަށް ބޮޑަށް ސުވާލު އުފެދުނެވެ. އެސިންޓަންޓް ކޯޗް ފޮނުވައިގެން މެޗު ބަލާއިރު، އެސިސްޓަންޓް ކޯޗުންގެ ބަސް ކޯޗް ވެންޑާރ ކޫން ބަގޫލް ކުރަނީ ވަރަށް މަދުފަހަރެއްގައިކަން ފާހަގަކޮށްލެވެއެވެ.

"އަހަރުން ހުރިހާކަމެއްވެސް ކުރަންވީ، އަހަރުން ކައިރީގައި ހުރިހާ އެއްޗެއްވެސް އަހަނީ އެކަމަކު އެންމެ ފަހު ވަގުތު އަހަރުން ބުނާ ގޮތެއް ނަހަދާ، ބައެއް ފަހަރު ހީވޭ މީ ބޭކާރު ބައެއްހެންވެސް. މަޝްވަރާގެ މަގުން ކަން ކުރާކަަށް ކޯޗްއަކަށް ނޭނގޭ. ކިތަންމެ ރަގަނޅު ވާހަކައެއް ކޯޗް ކައިރީގައި ބުނި ނަމަވެސް އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއްނުވޭ. މިއީ އަދި ކުޑަމިންވަރެއް މުބާރާތުގައި މީޑިޔާއަށް މިފެންނަނީ. ސްރީލަންކާގެ ކޭންޕްގައި ކޯޗް ވެންޑާރ ކޫނާ މައްސަލަ ނުޖެހޭ ކުޅުންތެރިއެއް ނެތް. ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެގެން ލަންކާ ކޭމްޕް ހުއްޓާލަންވެސް އެއްބަސްވި. ނަމަވެސް ކޯޗިން ސްޓާފުން އާދޭސްކޮށްގެން ކުޅުންތެރިން މަޑުކުރީ. މިއީ ކޯޗްގެ ހާލަތަކީ." ކޯޗިން ސްޓާފުން މީޑިޔާއަށް ކިޔައިދިނެވެ. img:http://s3.psmnews.mv/images/660x400/14831077190300.jpg|ޤައުމީ ވޮލީ ކޯޗު، އެސިސްޓަންޓް ކޯޗާއެކު -

ލަންކާ ކޭމްޕުން ފެށިގެން މުބާރާތް ނިމުނުއިރުވެސް ކޯޗް ވެންޑާރ ކޫނަށް ދިވެހި ކުޅުންތެރިން ދަހެއްނުވިއެވެ. ކުޅުންތެރިންގެ ލޯތްބެއްވެސް ކޯޗްއަކަށް ނުލިބުނެވެ. އަދި މިފަހަރުގެ ސެންޓަރަލް ޒޯން ވޮލީ މުބާރާތަކީ ރާއްޖެއިން ގޯލްޑް މެޑަލް ހޯދޭވަރުގެ މުބާރާތެއް ކަމަށާއި މިކަމުގެ ޒިންމާ ނަގާކަމަށްވެސް ކޯޗް ވެންޑާރ ކޫން ބުނެފިއެވެ. ވެންޑާރ ކޫން ޤައުމީ ވޮލީ ޓީމާއި ޙަވާލުވުމަށްފަހު ވަނީ ޤައުމީ ލީގުގެ ބައެއް މެޗްތަކާއި ޤައުމީ ޗެންޕިއަންޝިޕްގެ ބައެއް މެޗުތައް ބަލާފައެވެ.