ކުޅިވަރު

އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގައި 16 ޓީމު


އިންޓަރ އޮފީސް ކުންފުނި ތަކުގެ ނެޓްބޯޅަ މުބާރާތުގައި މިފަހަރު 16 ޓީމްއިން ބައިވެރިވެފައިވާކަމަށް ނެޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

 މުބާރާތުގެ ތާވަލް މިހާރު ނެރިފައިވާއިރު، މިމުބާރާތުގެ އަންހެންބައިގައި 12 ޓީމް ބައިވެރިވެފައިވާއިރު، ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. އިންޓަރ އޮފީސް ކުންފުނި ތަކުގެ ނެޓްބޯޅަ މުބާރާތުގެ އަންހެންބައި ވަނީ 2 ގުރޫޕްއަކަށް ބަހާލާފަ, އަދި ފިރިހެންބައިގައި 4 ޓީމް ބައިވެރިވެފައިވުމުން ފިރިހެންބައި ކުޅުމަށް ހަމަޖެހިފައިވަނީ ލީގް އެއްބުރު ކުޅޭ ގޮތަށްކަމަށް ނެޓްބޯޅަ އެސޯސިއޭޝަންއިން މަޢުލުމާތުދިނެވެ. މިމަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ ދުވަހުވެސް 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 

ފުރަތަަމަ މެޗްގައި ވާދަކުރާނީ މIރާއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި 2ވަނަ މެޗްގައި ވާދަކުރާނީ އިމިގްރޭޝަންއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓެވެ. އަދި 3ވަނަ މެޗްގައި ވާދަކުރާނީ ސިމްޑީއާ އާސަންދަ އަދި 4ވަނަ މެޗްގައި ވާދަކުރާނީ މީޑިއާ ނެޓްާ އެމްއޭސީއެލްއެވެ. އިންޓަރ އޮފީސް ކުންފުނި ތަކުގެ ނެޓްބޯޅަ މުބާރާތުގެ އަންހެންބައިވަނީ 2 ގުރޫޕްއަކަށް ބަހާލާފައެވެ. އަންހެންބައި ކުރިއަށްދާނީ ލީގް ބުރެއް ކުޅުމަށްފަހު ކުއާޓާރ ފައިނަލްގެ 4 މެޗް އަދި ސެމީ ފައިނަލް 2 މެޗް ކުޅެ މޮޅުވާ ޓީމް ފައިނަލަށް ދާ ގޮތަށެވެ.

 މިމުބާރާތުގެ ފިރިހެންބައިގައި 4 ޓީމް ވާދަކޮށްފައިވުމުން، ފިރިހެންބައި ކުރިއަށްދާނީ ލީގް އެއް ބުރު ކުޅުމަށްފަހު، ލީގްގެ އެއްވަނަ ޓީމް ސީދާ ފައިނަލްއަށް ދާ ގޮތަށެވެ. އަދި ލީގުގެ 2ވަނައާއި 3ވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅުމަށްފަހު ސެމީ ފައިނަލް މެޗްއިން މޮޅުވާ ޓީމް ފައިނަލަށް ދާގޮތަށްކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ.