ކުޅިވަރު

އެމެބީއޭ ކަޕްގެ ފުރަތަމަ މެޗް އެލްޓީ ސްޕޯޓްސްއަށް


3 ވަނަ އެމްބީއޭ ކަޕްގެ 2ވަނަ ޑިވިޝަންގެ ފުރަތަމަ މެޗް އެލްޓީ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ފެށި މިމުބާރާތުގެ ފުރަތަމަ މެޗް އެލްޓީ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ ޔޫއެން ފްރެންޑްސްއާ ވާދަކޮށް 55 ޕޮއިންޓް 37 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލްޓީ ސްޕޯޓްސް ކުލަބްގެ މުހައްމަދު އީވާން ޒާހިރުއެވެ.

 އިވާން ޒާހިރުވަނީ އެލްޓީއަށް 15 ޕޮއިންޓް ހޯދާދީފައެވެ. ޔޫއެން ފްރެންޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ ޝިހާމް އިސްމާޢީލްއެވެ. ޝިހާމްވަނީ ޔޫއެން ފްރެންޑްސްއަށް 8 ޕޮއިންޓް ހޯދާދީފައެވެ. 

މިމުބާރާތުގެ 2ވަނަ ޑިވިޝަންގައި 6 ޓީމް ވާދަކުރެއެވެ. އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގައި 4 ޓީމް ވާދަކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގައި ވާދަކުރާނީ 3 ޓީމެވެ.  

މުބާރާތުގެ އަންހެންބައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ މާދަމާ ހަވީރުއެވެ. ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުގެރެއެވެ.