ކުޅިވަރު

ހޭންޑް ބޯލް މުބާރާތުގެ އަންހެންބައިގެ ފައިނަލަށް އިމިގްރޭޝަން


2ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ އަންހެންބައިގެ ފައިނަލަށް އިމިގްރޭޝަން ދަތުރުކޮށްފިއެވެ. 

މިމުބާރާތުގެ ފައިނަލަށް އިމިގްރޭޝަން ދަތުރުކޮށްފައިވަނީ ސެމީ ފައިނަލް މެޗް ފިނޭސް މިނިސްޓްރީއާ ވާދަކޮށް 24 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އިމިގްރޭޝަން މެޗް ކާމިޔާބުކޮށްފައިވަނީ 26 ޕޮއިންޓް 2 ޕޮއިންޓުންނެވެ. ސެމީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައިވަނީ އިމިގްރޭޝަންގެ ފާތިމަތު ރިޝްމާއެވެ.

 މިމުބާރަތުގައި ރޭ ކުޅުނު ފިރިހެންބައިގެ މެޗްތަށް ކާމިޔާބުކޮށްފައިވަނީ އެމްޕީއެލްއާ ސްޓެލްކޯއެވެ. އެމްޕީއެލް މެޗް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބާ ވާދަކޮށް 27 ޕޮއިންޓް 18 ޕޮއިންޓްއިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޕީއެލްގެ އަހުމަދު ރަޒުނީއެވެ. ސްޓެލްކޯ މެޗް ކާމިޔާބުކޮށްފައިވަނީ މޯލްޑިވް ގޭސްއާއި ވާދަކޮށް 32 ޕޮއިންޓް 15 ޕޮއިންޓްއިން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓެލްކޯގެ ރިފްޝާން ރަޝީދުއެވެ. 

2ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގައި މިއަދުވެސް 3 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.