ކުޅިވަރު

ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާޢީލަށް ހާޓް އެޓޭކެއް ޖެހިއްޖެ


ކުރީގެ އެއްވަނަ ފޯވާޑް ޝާހު އިސްމާއީލްއަށް ހާޓް އެޓޭކެއް ޖެހިގެން އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

މިހާރު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝާހުއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ހޮސްޕިޓަލުން ވިދާޅުވީ ޝާހުގެ ހާލު މިހާރު ސްޓޭބަލް ކަމަށެވެ.

ޝާހު އިސްމާއީލަކީ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަންކޮށް، ޤައުމީ ޓީމާއެކު ސާފް ގޭމްސްގެ ރިހި މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ. ނިއުރޭޑިއަންޓާއި، ވެލެންސިޔާގެ އިތުރުން ވިކްޓްރީއަށްވެސް މޮޅަށް ކުޅުނު ފޯވާޑް ވަނީ ދެ އަހަރު ރަންބޫޓް ހޯދާފައެވެ. އެއީ 1998 ވަނަ އަހަރާއި 1999 ވަނަ އަހަރެވެ. 1998 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީވެސް އޭނާއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީކަމުގެ މަޤާމްވެސް ފުރުއްވާފައިވާ ޝާހު އިސްމާއީލް ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ބަދަލުކުރެއްވުމުގެ ކުރިން ހުންނެވީ ޔޫތުމިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމްގައެވެ.