ކުޅިވަރު

ނެޓްބޯޅަ މުބާރާތުގެ ސެމީގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ


އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. 

ކްއާޓަރ ފައިނަލް ފުރަތަމަ މެޗުން މޮޅުވެ، ސެމީގެ ޖާގަ ހޯދި ފުރަތަމަ ޓީމަކީ މޯލްޑިވްސް އިމިގްރޭޝަންއެވެ. އިމިގްރޭޝަން ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި މޯލްޑިވްސް ޕޮލިސްއާ ވާދަކޮށް 57 ޕޮއިންޓް 4 ޕޮއިންޓްގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެމީފައިނަލްގައި އިމިގްރޭޝަން ވާދަކުރާނީ މީރާއާއެވެ. މީރާ ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި އެސްޓީއޯއާ ވާދަކޮށް ދެ ޕޮއިންޓްގެ ކުޑަ ތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މީރާ މެޗު ކާމިޔާބުކުރީ 15 ޕޮއިންޓް 13 ޕޮއިންޓުންނެވެ.

 ކަސްޓަމްސްވެސް ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. އެއީ ކްއާޓަރ ފައިނަލްގއި އުރީދޫއާއި ވާދަކޮށް 45 ޕޮއިންޓް 15 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެމީފައިނަލްގައި ކަސްޓަމްސް ވާދަކުރާނީ އެއަޕޯރޓްސް ކޮމްޕެނީއާއެވެ. އެއަޕޯރޓް ސެމީން ޖާގަ ހޯދީ އާސަންދަ ކޮމްޕެނީއާ ވާދަކޮށް 39 ޕޮއިންޓް 7 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެމީފައިނަލް މެޗުތައް ކުޅޭނީ މާދަމާރެއެވެ.