ކުޅިވަރު

ޕޯތޯ ބަލިކޮށް ޔުވެންޓާސް ކުއަޓަރފައިނަލާ ގާތަށް


ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ރޭ ޔުވެންޓާސްއާއި ޕޯތޯ ވާދަކުރިމެޗް ޔުވެންޓާސް ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. ޕޯތޯ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފް ލަނޑެެއް ނުޖެހި ނިމުނުއިރު ފުރަތަމަ ހާފްގެ 27 ވަނަ މިނެޓުން ފެށިގެން ޕޮތޯ މެޗް ފުރިހަމަ ކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގައި ރޭ ޕޯތޯގެ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެ ދެ ލަނޑު ސުން ލަނޑުން ބަލިވި މެޗަށްފަހު ޕޯތޯގެ ކޯޗް އެސްޕިރިޓޯ ބުނީ މެޗްގައި ކަންތައް ދިޔައީ އެ ޓީމަށް އެންމެ ރަނގަޅަށް ނޫންކަމަށާ މެޗްގެ އެހާ ކުރީކޮޅު ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކުމަކީވެސް އެ ޓީމަށް ދިމާވި ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ބަލިވުމަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް އެޅުނު ބޮޑު ހުރަހެއްކަމަށް އެސްޕިރިޓޯ ބުންޏެވެ. 

 ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނީ މެޗަށް ނުކުތްއިރުވެސް ޕޯތޯއަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާ މި މެޗުން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މިއީ ކުއާރޓާއަށް ދިއުމަށް ލިބުނު ފުރުޞަތެއް ކަމަށާ އެހެންނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭ މެޗްގައި ސަމާލު ނުވެއްޖެނަމަ އެ ފުރުޞަތު ގެއްލުން އެކަށީގެންވާކަމަށް އެލެގްރީ ބުންޏެވެ. ރޭ ޕޯތޯގެ މައްޗަށް ދެ ލަނޑު ސުން ލަނޑުން ޔުވެންޓަސް ކުރި ހޯދިއިރު މެޗްގައި ޔުވެންޓަސްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ޕިއާޗާއާ، ޑެނީ އަލްވޭސްއެވެ.  

މި ދެކުޅުންތެރިންވެސް މެޗްގައި ކުޅެން ނުކުމެފައިވަނީ ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.