ކުޅިވަރު

ފަހު މެޗު އެއްވަރުކޮށް، ގްރޫޕްގެ 1 ވަނަ ޓީސީއަށް


ސެމީގެ ޖާގަ ކަށަވަރުވެފައިވަނިކޮށް، ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގައި ކޮރެއާގެ ޕޮޗެއޯން އެފްސީއާ އެއްވަރުކޮށް ޓީސީ ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

ރާއްޖޭގެ ޓީސީ ސްޕޯރޓްސް ކްލަބް ވާދަކުރާ ބައިނަލް އަޤްވާމީ ފުރަތަމަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޓީސީންނެވެ. ޓީސީގެ ލަނޑު ޖެހީ ބިދޭސީ ފޯވާޑް ކޮމެލަސްއެވެ. ބަނގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެ މެޗުން މޮޅުވެ، މިއަދު މެޗު އެއްވަރުވުމުން ޓީސީއަށް ވަނީ 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ. 

ސެމީފައިނަލް ފުރަތަމަ މެޗުގައި ގްރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށް ޓީސީ ނިކުންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 17:30 ގައެވެ. 

މުބާރާތުގައި ޓީސީ ފުރަތަމަ މެޗު 0-1 ން ކާމިޔާބުކުރީ ބަނގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ވާދަކޮށެވެ. ދެވަނަ މެޗު ޓީސީ ކާމިޔާބުކުރީ ކިރްގިސްތާންގެ އެފްސީ އަލްގާއާ ވާދަކޮށް 2-1 ނެވެ.