ކުޅިވަރު

ޤައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑް އިޢްލާންކޮށްފި


އާ 6 ކުޅުންތެރިންނާއެކު ޤައުމީ ފުޓްބޯޅަ ޓީމުގެ ޕްރިމިލިނަރީ ސްކޮޑް އެކުލަވާލައިފިއެވެ.

އޭޝިޔަން ކަޕް ކޮލިފައިންގައި މިމަހުގެ އަށާވީސްވަނަ ދުވަހު ފަލަސްޠީނާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި އަލަށް ހިމަނާފައިވަނީ ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕް ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، މުހައްމަދު އައްޒާމް، އިބްރާހިމް ވަޙީދު ޙަސަންއާ، އީގަލްސްގެ ރިހާމް އަބުދުލް ގަނީ (ބޮބީ)އާ ގްރީން ސްޓްރީޓްގެ އަހުމަދު ނިޒާމް އަދި މުހައްމަދު ސާއިފްއެވެ.

މިފަހަރުގެ ސްކޮޑުގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 9 ކުޅުންތެރިން ހިމެނޭއިރު ނިއުރޭޑިއެންޓާ ޓީސީން 4 ކުޅުންތެރިން އަދި ވެލެންސިޔާއާއި އީގަލްސްއިން 3 ކުޅުންތެރިން ހިމެނުނުއިރު ވިކްޓްރީއާ ގްރީން ސްޓްރީޓުން ހިމެނެނެނީ 2 ކުޅުންތެރިންނެވެ.

މިދިޔަ 17 އަހަރު ދުވަހު ޤައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާތީ މިފަހަރު ގޯލް ކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ ވިކްޓްރީގެ ކީޕަރު މުޙައްމަދު އިމްރާންއާ، ވެލެންސިޔާގެ ކީޕަރު މުޙައްމަދު ފައިސަލެވެ.

ޤައުމީ ސްކޮޑަށް މިފަހަރު ނަގާފައިވާ ކުޅުންތެރިން:

ޑިފެންޑަރުން:

ޝާފިޢު އަޙުމަދު (ވެލެންސިޔާ)،

ހިސާމް ސަލީމް (ވެލެންސިޔާ)،

މުޙައްމަދު އައްޒާމް (ޓީސީ)،

މުޙައްމަދު ސާއިފް(ގްރީން ސްޓްރީޓް)،

އަޙުމަދު އަބުދުﷲ (ނިއުރޭޑިއެންޓް)،

މުޙައްމަދު ރަޝީދު (ނިއުރޭޑިއެންޓް)،

ސަމޫހު ޢަލީ (މާޒިޔާ)،

ގާސިމް ސައްމާމް (މާޒިޔާ)،

އަމްދާން ޢަލީ (މާޒިޔާ).



މިޑްފިލްޑަރުން: އިސްމާއިލް އީސާ (ވިކްޓްރީ)،

އިބްރާހިމް ވަހީދު ހަސަން (ޓީސީ)،

އަޙުމަދު ނިޒާމް (ގްރީން ސްޓްރީޓް)،

އަޙުމަދު ޒާދު (އީގަލްސް)،

ރިހާމް އަބުދުލް ޣަނީ (އީގަލްސް)،

އިމްރާން ނަޝީދު (އީގަލްސް)،

ޔަސްފާދު ހަބީބު (މާޒިޔާ)،

މުޙައްމަދު އުމެއިރު (މާޒިޔާ)،

އަސްހަދު ޢަލީ (މާޒިޔާ).



ފޯވާޑުން: އަސަދުﷲ އަބުދުﷲ (މާޒިޔާ)،

އަހުމަދު އިމާޒް (މާޒިޔާ)،

ހުސެއިން ނިޔާޒް މުހައްމަދު (މާޒިޔާ)،

ނާއިޒް ހަސަން (ޓީސީ)،

އިބްރާހިމް މަހުދީ (ޓީސީ)،

ޢަލީ ފާސިރު (ނިއުރޭޑިއެންޓް)،

ހަމްޒާ މުހައްމަދު (ނިއުރޭޑިއެންޓް).



ގޯލް ކީޕަރުން: މުހައްމަދު އިމްރާން (ވިކްޓްރީ)، މުހައްމަދު ފައިސަލް (ވެލެންސިޔާ).