ކުޅިވަރު

މަޔާމި އޯޕަން ޓެނިސް މުބާރާރް ފެޑްރާ ކާމިޔާބިކޮށްފި


ރަފައެލް ނަދާލް ބަލިކޮށް، މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ރޮޖަރ ފެޑްރާ ހޯދައިފިއެވެ.

މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލް މެޗް މުބާރާތުގެ ހަތަރުވަނައަށް ސީޑްކޮށްފައިވާ ސްވިޒަރލެންޑްގެ ރޮޖަރ ފެޑްރާ ކާމިޔާބުކުރީ މުބާރާތުގެ ފަސްވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަދާލްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ ސެޓްތައް ފެޑްރާ ގެންދިޔައީ 3-6 އަދި 4-6 އިންނެވެ. އުމުރުން 35 އަހަރުގެ ފެޑްރާ ވަނީ ޖެނުއަރީ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތާއި، މާރޗް މަހު ބޭއްވި އިންޑިއަން ވެލްސް ޓެނިސް މުބާރާތް ކާމިޔާބުކޮށް މި އަހަރުގެ ފެށުން ވަރަށް ފުރިހަމަކޮށް ފަށާފައެވެ. 

ރޭގެ މޮޅާއެކު ފެޑަރާ ވަނީ މި ސީޒަންގައި ކުޅުނު ވިހި މެޗްގެ ތެރެއިން ނަވާރަ މެޗް ކާމިޔާބުކޮށްފައެވެ.

" މިއީ ވަރަށް ކާމިޔާބު އަހަރެއް، ޚާއްސަކޮށް މިދިޔަ ތިން ހަފްތާ. މި ހިސާބަށް އާދެވުނީ އަހަރެންގެ ޓީމާ ސަޕޯޓަތުންގެ އެހީގައި. ޚާއްސަކޮށް މިދިޔަ އަހަރުގެ ނާކާމިޔާބީއިން އަރައިގަންނަން ސަޕޯޓަރުން ދިން ސަޕޯޓް އަހަރެން ފާހަގަކުރަން" މެޗަށްފަހު  ފެޑްރާ ބުންޏެވެ.