ކުޅިވަރު

ރ.ވާދޫ ފުޓްސެލް ދަނޑުވެސް ހުޅުވައިފި


ސަރުކާރުން ކުރިއަށްގެންދަވާ ސްޕޯރޓްސް އެރީނާ މަޝްރޫއުގެ ދަށުން ރ.ވާދޫގައި ޤާއިމްކުރި ފުޓްސަލް ދަނޑު މިއަދު ހުޅުވައިފިއެވެ.

ރ.ވާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ، ޒުވާނުން ބޭނުންކުރުމަށް ދަނޑު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ރ.ވާދޫ ފުޓްސަލް ދަނޑު ޤާއިމްކުރުމަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ފުޓްސެލަނޑުގެ އިތުރުން ވާދޫގައި މީގެކުރިން ވަނީ ބަށި ކޯޓް އަޅާ ނިންމާ ބޭނުންކުރަން ފަށާފައެވެ. އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށުމަށް ރޭވިފައިވާކަމަށާއި، ވާދޫ ވޮލީކޯޓާއި، ނެޓްބޯޅަ ކޯޓްގެ މަސައްކަތް ވަނީ ޓެންޑަރ މަރުހަލާގައިކަމަށްވެސް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

img:http://s2.psmnews.mv/images/660x400/14936525975570.jpg|ވާދޫ ފުޓްސެލް ދަނޑު މިއަދު ޔޫތް މިނިސްޓަރ ހުޅުއްވައިދެއްވަނީ: ފޮޓޯ-ޔޫތް މިނިސްޓްރީ

މިނިސްޓަރުގެ މިދަތުރުފުޅުގައި ވާދޫގެ ޒުވާނުންގެ މަރުކަޒުވެސް ވަނީ ހުޅުއްވައިދެއްވާފައެވެ. އެތަނުގައި އިންޑޯ ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.