ކުޅިވަރު

ނިއުރޭޑިއަންޓް ޔޫތް ޓީމް ސިލެކްޝަނަށް ބޮޑު ތަރުހީބެއް!


ނިއުރޭޑިއަންޓްގެ ޔޫތް ޓީމް ސިލެކްޝަންގައި ސަތޭކައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއްޖެއެވެ. 

ނިއުރޭޑިއަންޓްގެ 16 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ޓީމް އެކުލަވާލުމަށް ބޭއްވި ސިލެކްޝްންގައި ދެ އުމުރު ފުރާއިން 126 ކުޅުންތެރިން ބައިވެރިވިކަމަށް ކްލަބްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަފްތާއަކު ދެ ރޭ ސިލެކްޝަން ކުރިއަށް ގެންދާނެކަމަށާއި، ސިލެކްޝަން މުޅިން ނިންމާލަން މަހެއްހާ ދުވަސް ހޭދަވާނެކަމަށެވެ. 

" ރޭގެ ސިލެކްޝަންގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައިވެސް ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި. މަހެއްހާ ދުވަސް ނަގާނެ ސިލެކްޝަން މުޅިން ނިންލާން " ނިޔާޒު ވިދާޅުވިއެވެ.

 ނިއުރޭޑިއަންޓުންގ އިނގިރޭސި ކްލަބް ރެޑިންގ އެފްސީގެ އެކަޑަމީގައި ތަމްރީން ހޯދުމަށް ފޮނުވާނީ މީގެތެރެއިން ދެ ކުޅުންތެރިންކަމަށް އެކްލަބުން ކުރިން ވަނީ ބުނެފައެވެ. ރޭ ސިލެކްޝަން ފެށުމުގެ ކުރިން ބައިވެރިވި ކުޅުންތެރިންނާ ކްލަބްގެ ޗެއަރމަން މުޙައްމަދު ޒިޔާދު ވަނީ ބައްދަލުކުރައްވާފައެވެ.