ޚަބަރު

24 ދާއިރާއެއްގެ ވޯޓު އަލުން ގުނަން ނިންމަވައިފި


24 ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ 24 ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް ނިންމީ އެ ދާއިރާތަކުގެ ނަތީޖާ ޝީޓުތައް ކަށަވަރުކުރުމަށްޓަކައިކަމަށެވެ. އަދި އަލުން ވޯޓް ގުނާނީ ނަތީޖާ ޝީޓްތަކުގައި މައްސަލަ ޖެހިފައިވާ ދައިރާތަކުގެ ފޮށިތައްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މި ދާއިރާތަކުގެ ވޯޓު އަލުން ގުނަން ފަށާނީ މިއަދު ހަވީރު ތިނެއް ޖަހާއިރުކަމަށާއި ވޯޓު ފޮށިތައް ކަނޑާނީ ކެނޑިޑޭޓް ނުވަތަ އެ ކެންޑިޑޭޓަކުން ކަނޑައަޅާ މަންދޫބަކާއި އޮބްޒާވަރުންގެ އިތުރުން މޮނީޓަރުންގެ ހާޒިރުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.