މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި 6.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީޑީސީން ނެރެ ޢާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 40 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފުރަތަމަ ކުއާޓާރގައި އެމްޓީޑީސީގެ އިދާރީ ޚަރަދުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، 18.9 މިލިއަން ރުފިޔާއެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 89.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެމްޓީޑީސީ އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމުގެ ގޮތުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.