ސަރަޙައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގެ ދަށުން، ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް، ތިން ފަރާތަކާ ޙަވާލުކުރައްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތިން ފަރާތަކާ ޙަވާލުކޮށްފައިވާ މަސައްކަތުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. tw:https://twitter.com/EnvGovMv/status/868750198557638656
މިއަދު ސޮއިކުރެއްވި އެއް އެއްބަސްވުމަކީ، ފަސް ރަށެއްގެ ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.
ކުނި މެނޭޖްކުރަން ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ފަސް ރަށަކީ ހދ.ނޮޅިވަރަންފަރު، ށ. ގޮއިދޫ، މާއުގޫދޫ، މިލަންދޫ، ކޮމަންޑޫ މިރަށްތަކެވެ. މިރަށްތަކުގައި އުފެދޭ ޕްލާސްޓިކާއި ދަގަނޑާއި ގުދުރަތީ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ބޭނުންވާ ޒަމާނީ އިކުއިޕްމަންޓް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ ނިއޯމެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ ތިން މިލިއަން ހަތަރުސަތޭކަ ނުވަދިހަ ނުވަހާސް އަށްޑިހަ ހަރުފިޔާ ފަންސާސް ލާރިއެވެ. img:http://s3.psmnews.mv/images/660x400/14959845679810.jpg|އެންވަޔަރަމަންޓް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް / ޢަލީ ނަޞީރު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަހަރުގެ ތެރޭގައި މިރަށްތަކަށް މި އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. tw:https://twitter.com/EnvGovMv/status/868750888952676352
މިއަދު ސޮއިކުރެއްވި ދެވަނަ އެއްބަސްވުމަކީ ހއ.ތުރާކުނުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާބެހޭ އެއްބަސްވުމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ ނުވަސަތޭކަ ނުވަދިހަ ފަސްހާސް ތިންސަތޭކަ ތިރީސްއަށްރުފިޔާ ފަސްދޮޅަސް ލާރިއެވެ. މިއީ ސަރުކާރުގެ ޚަހަރުދުގައި ކުރާ މަސައްކަތެކެވެ. މި މަސައްކަތް ޙަވާލުކޮށްފައި ވަނީ އީ-ފައިވް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. tw:https://twitter.com/EnvGovMv/status/868751073074335744
މިއަދު ސޮއިކުރެއްވި 3 ވަނަ އެއްބަސްވުމަކީ ށ.މަރޮށީ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ އަށްސަތޭކަ ނުވަދިހަ އަށްހާސް ދިހަ ރުފިޔާ، ފަސްދޮޅަސް ތިން ލާރިއެވެ. މި މަޝްރޫޢު ޙަވާލްކޮށްފައިވަނީ އެކުއަރމެރިން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއެވެ.