 
										
			މާލޭ ސަރަޙައްދުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ މުއްދަތު މާދަމާ ހަވީރު ފަހެއްޖެހުމުގެ ނިޔަލަށް ހަމަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 
 
ޒަކާތް ދެއްކުމުގެ މުއްދަތު މާދަމާގެ ނިޔަލައް ހަމަވާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާރޑާއި، އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ހުޅުވާލައިފައިވާ ފުރުޞަތު ރަމަޟާން މަހުގެ ސައްބީސްވަނަ ދުވަހު ހަމަވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. 
 
އިސްލާމިކް މިނިސްޓްރީން ބުނީ  މާލޭ ސަރަޙައްދުން މިހާތަނަށް ހަތަރު މިލިއަން ފަސްދޮޅަސް ނުވަހާސް ސަތޭކަ  ތޭވީސް ރުފިޔާ ލިބިފައިވާކަމަށެވެ. ރަމަޟާން މަސް ނިމެން ކައިރިވެފައިވާއިރު މިހާތަނަށް ނުވަދިހަ ހަ ހާސް ހަސަތޭކަ ފަސްދޮޅަސް މީހުން ޒަކާތް ދައްކާފައިވާކަކަމަށް އެ މެ މިނިސްޓްރީން ބުންޏެވެ. 
 
މާދަމާ ހަވީތު ފަހެއްޖެހުމާ ހަމައަށް އިސްލާމިކް މިނިސްޓްރީއަށް ފައިސާއިން ޒަކާތް ދެއްކޭނެ ކަމަށާއި، ޢަރަބިއްޔާ ސްކޫލް ހޯލުން ، ގޮވާމުން ޒަކާތް ބަލައިގަންނާނެކަމަށް އެމިނިސްޓްރީން ބުންޏެވެ. 
 
މި އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ދުވަހުއެވެ.